Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Ash-Shu'ara — Ayah 189

26:189
فَكَذَّبُوهُ فَأَخَذَهُمۡ عَذَابُ يَوۡمِ ٱلظُّلَّةِۚ إِنَّهُۥ كَانَ عَذَابَ يَوۡمٍ عَظِيمٍ ١٨٩
ދެންފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެން ހިޔާގަނޑުގެ ދުވަހުގެ عذاب އެމީހުންނަށް ޖެހިއްޖެއެވެ. ހަމަކަށަވަރުން އެ عذاب ވީ ބޮޑުވެގެންވާ ދުވަހެއްގެ عذاب ކަމުގައެވެ. • ދަންނައެވެ. ހިޔާގަނޑުގެ ދުވަހަކީ އެމީހުންނަށް عذاب އައި ދުވަހެވެ. އެކަންވީގޮތެއްކަމަށް އެތައް ބޭކަލެއްގެ އަރިހުން ރިވާކުރައްވައި تفسير الطبري އާއި އެހެނިހެން نفسير ތަކުގައިވެއެވެ. އެރަށުގެމީހުންގެ މައްޗަށް ﷲ تعالى ބޮޑުވިލާގަނޑެއް ފޮނުއްވިއެވެ. ދެން އެރަށުގެ މީސްތަކުން ފިނިކުރުމަށްޓަކައި އެވިލާގަނޑުގެ ހިޔަލަށް ޖަމާވީއެވެ. އެންމެން އެއްވެ جمع ވުމުން އެއްރިވާޔަތެއްގައިވާގޮތުން އެމީހުންގެމައްޗަށް އަލިފާނުގެ ވާރޭއެއް ވެއްސަވައި ހަލާކުކުރެއްވީއެވެ. އަދި އަނެއް ރިވާޔަތެއްގައިވާގޮތުން އެމީހުންނަށް ގަދައަޑުފަށަކާއި ބިންހެލުމެއް އައިސް މީސްތަކުން މަރުވީއެވެ. والله أعلم - = تفسير الطبري =