Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah An-Naml — Ayah 40

27:40
قَالَ ٱلَّذِي عِندَهُۥ عِلۡمٞ مِّنَ ٱلۡكِتَٰبِ أَنَا۠ ءَاتِيكَ بِهِۦ قَبۡلَ أَن يَرۡتَدَّ إِلَيۡكَ طَرۡفُكَۚ فَلَمَّا رَءَاهُ مُسۡتَقِرًّا عِندَهُۥ قَالَ هَٰذَا مِن فَضۡلِ رَبِّي لِيَبۡلُوَنِيٓ ءَأَشۡكُرُ أَمۡ أَكۡفُرُۖ وَمَن شَكَرَ فَإِنَّمَا يَشۡكُرُ لِنَفۡسِهِۦۖ وَمَن كَفَرَ فَإِنَّ رَبِّي غَنِيّٞ كَرِيمٞ ٤٠
އަދި އެމީހެއްގެ ކިބައިގައި ފޮތުގެ علم ން ބައެއްވާމީހާ ދެންނެވިއެވެ. ކަލޭގެފާނު ލޯފުޅު ހުޅުއްވާފައި ލެއްޕެވުމުގެ ކުރިން - ނުވަތަ ލޮލުކޮޅަށް ފެންނަންހުރި މީހާ އައުމުގެކުރިން - ކަލޭގެފާނުން އަރިހަށް އަހުރެން އެޔާއިގެން އައިސްދާނަމެވެ. (ދެންފަހެ އެކަލޭގެފާނަށް އެކަމުގެ ހުއްދަދެއްވުމުން އެމީހަކު ﷲ އަށް دعاء ކޮށްފާގޮސް އޭތި ގެނަސް އެކަލޭގެފާނުންގެ يعني: سليمان ގެފާނުންގެ ކުރިފުޅުމަތީގައި ބަހައްޓައިފިއެވެ.) ދެން سليمان ގެފާނު އެކަލޭގެފާނުންގެ ކުރިފުޅުމަތީގައި އެ عرش ސާބިތުވެ قائم ވެގެންވަނިކޮށް ދެކެވަޑައިގެންނެވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ އަހުރެން ހައްދަވާބޮޑުކުރެއްވި ربّ ގެ فضل ވަންތަކަމެވެ. އެކަލާނގެ އަހުރެންނަށް މިފަދަ ބޮޑު فضل ވަންތަކަމެއް އެދެއްވަނީ އެކަލާނގެ ދެއްވާ ގިނަގުނަ نعمة އަށް އަހުރެން شكر ކުރޭތޯ ނުވަތަ އެ نعمة އަށް އަހުރެން ކާފަރުވޭތޯ ބައްލަވައި إمتحان ކުރެއްވުމަށްޓަކައެވެ. އަދި شكر ކުރާމީހާ އެ شكر ކުރަނީ ހަމަ އޭނާގެ އަމިއްލަ نفس އަށެވެ. އެބަހީ: އެކަމުގެ ހެވާއި ދަރުމަ ހުރީ ހަމަ އެމީހަކަށެވެ. އަދި އެ نعمة ތަކަށް ކާފަރުވާމީހާ ދަންނައެވެ. އެކަމުގެ ގެއްލުމާއި ހަލާކު ހުންނަހުރީވެސް ހަމަ އެމީހަކަށެވެ. އެހެނީ ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ އެއީ އަމިއްލަ ذات ފުޅާއިގެން ފުދިވޮޑިގެންވާ އަދި ނުހަނު ދީލަތިވަންތަ ކަލާނގެއެވެ.