Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah An-Naml — Ayah 44

27:44
قِيلَ لَهَا ٱدۡخُلِي ٱلصَّرۡحَۖ فَلَمَّا رَأَتۡهُ حَسِبَتۡهُ لُجَّةٗ وَكَشَفَتۡ عَن سَاقَيۡهَاۚ قَالَ إِنَّهُۥ صَرۡحٞ مُّمَرَّدٞ مِّن قَوَارِيرَۗ قَالَتۡ رَبِّ إِنِّي ظَلَمۡتُ نَفۡسِي وَأَسۡلَمۡتُ مَعَ سُلَيۡمَٰنَ لِلَّهِ رَبِّ ٱلۡعَٰلَمِينَ ٤٤
(ދެންފަހެ އެކަމަނާ سليمان ގެފާނުންގެ އަރިހަށް ވަޑައިގެންނެވިހިނދުން) އެކަމަނާއަށް ދެންނެވުނެވެ. ކަމަނާ ގަނޑުވަރަށް ވެދެވަޑައިގަންނަވާށެވެ. ދެން އެކަމަނާ ގަނޑުވަރަށް ވެދެވަޑައިގަތުމަށް ވަޑައިގެންނެވިހިނދުން އެކަމަނާއަށް އެގަނޑުވަރު ހީފުޅުވީ ކަނޑުކަމުގައެވެ. ފެންކަމުގައެވެ. (އަދި އެތެރެއަށް ވެދެވަޑައިގަތުމަށް ފެނަށް މީހަކު އެރޭގޮތަށް އެކަމަނާ ހެދުންކޮޅު ކޮށިކުރައްވައި ހެއްދެވުމުން އެކަމަނާގެ ދެކަށިމަތިފުޅު ކަޝްފުވިއެވެ. އެހިނދު سليمان ގެފާނު އެކަމަނާއަށް ވިދާޅުވިއެވެ. އެއީ ބިއްލޫރިން ގަދަޔަށް ހަދާފައިވާ ގަނޑުވަރެކެވެ. (ފެނެއް ނޫނެވެ. ކަނޑެއްވެސްނޫނެވެ.) އެކަމަނާ ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާ މިއަޅާގެ نفس އަށް އަނިޔާވެރިވެއްޖައީމެވެ. އަދި މިއަޅާ سليمان ގެފާނާއިއެކު عالم ތަކުގެ ވެރި ربّ ކަމުގައިވާ ﷲ އަށް إيمان ވެއްޖައީމެވެ. ބޯލަނބައި ކިޔަމަންވެއްޖައީމެވެ. • ދަންނައެވެ. ބައެއް تفسير ފޮތްތަކުގައި ލިޔެވިގެންވެއެވެ. سبأ ގެ مَلِكَة ވަޑައިގަތުމުގެ مناسبة ގައި ޖިންނި شيطان ންނާއި މާރިދުންލައްވައި سليمان ގެފާނު ރީތި ގަނޑުވަރެއް ހެއްދެވިއެވެ. އެގަނޑުވަރު ހައްދަވާފައިވަނީ ސާފު ވަރުގަދަ ބިއްލޫރިންނެވެ. ތަޅަމުގައިވެސް އަޑިއެނގޭ ގަދަ ބިއްލޫރިން ހައްދަވައި އޭގެ ދަށުގައިވަނީ ފެން ހިންގަވައި ލައްވާފައި ބަލާ މީހަކު عجائب ވާހާ ރީތިކޮށެވެ. ގަނޑުވަރުގެ خبر ނޭނގޭމީހަކުނަމަ ހީކުރެވޭނީ ގަނޑުވަރަށް ވަންނައިރު ފެންގަނޑަކަށް އެރެވޭހެނެވެ. އެހެންވެ އެކަމަނާވެސް ގަނޑުވަރަށް ވެދެވަޑައިގަތުމަށް އެންގެވީމާ ފެނަށްއެރޭމީހަކު ފަދައިން ހެދުންކޮޅު ކޮށިކުރައްވައިގެން ވެދެވަޑައިގަންނަވަން ގަސްތުކުރެއްވީއެވެ. = والله أعلم =