Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah An-Naml — Ayah 51

27:51
فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ مَكۡرِهِمۡ أَنَّا دَمَّرۡنَٰهُمۡ وَقَوۡمَهُمۡ أَجۡمَعِينَ ٥١
ދެން ނިކަން އެމީހުން އެހެދި މަކަރާއި ރޭވުމުގެ ފަހުކޮޅު ނިކަން ދެކިބަލާށެވެ. ހަމަކަށަވަރުން އެމީހުންނާއި އެމީހުންގެ މުޅި قوم އެކީއެކަށް ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީމެވެ. • ދަންނައެވެ. أبوجعفر الطبري ގެ تفسير ގައި މިއާޔަތުގެ ދަށުގައި ލިއުއްވާފައިވެއެވެ. އެމީހުން صالح ގެފާނު މަރައިލަން ހެދި މަކަރަކީ: صالح ގެފާނަށް އެރަށުގައި (حِجْرُ ގައި) މިސްކިތެއް ވެއެވެ. އެއީ އެކަލޭގެފާނު ނަމާދުފުޅުކުރައްވާތަނެވެ. ދެންފަހެ މިބައިމީހުން ނުކުމެގެންގޮސް އެތާ ގާތުގައިވާ ހޮހޮޅަކަށް ވަނީއެވެ. އަދި ބުންޏެވެ. އެކަލޭގެފާނު ނަމާދުފުޅަށް ވަޑައިގަތީމާ އަހުރެމެން އެކަލޭގެފާނު قتل ކޮށްލާނީއެވެ. ދެންފަހެ ﷲ تعالى އެ ހޮހޮޅުގެ ދޮރުމަތީގައި ހިލައެއް ޖައްސަވައި ބަންދުކުރެއްވީއެވެ. އަދި އެރަށުގެ މީހުންނަށް އެމީހުން ވީތަނެއް ނޭނގުނެވެ. އަދި އެމީހުނަކަށް އެރަށުގެ މީހުންވީތަނެއް ނޭނގުނެވެ. ﷲ تعالى އެމީހުންނަށް އެތާ عذاب ދެއްވީއެވެ. އަދި ރަށުގެ މީހުންނަށް (ރަށުގެ ކާފަރުންނަށް) ރަށުގައި عذاب ދެއްވީއެވެ. ދެބައިމީހުންވެސް ހަލާކުވެ ދިޔައީއެވެ. صالح ގެފާނާއި އެކަލޭގެފާނާއި އެކުގައިވާ މީހުން ސަލާމަތްކުރެއްވީއެވެ. والله أعلم.\n= تفسير الطبري =