Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Qasas — Ayah 15

28:15
وَدَخَلَ ٱلۡمَدِينَةَ عَلَىٰ حِينِ غَفۡلَةٖ مِّنۡ أَهۡلِهَا فَوَجَدَ فِيهَا رَجُلَيۡنِ يَقۡتَتِلَانِ هَٰذَا مِن شِيعَتِهِۦ وَهَٰذَا مِنۡ عَدُوِّهِۦۖ فَٱسۡتَغَٰثَهُ ٱلَّذِي مِن شِيعَتِهِۦ عَلَى ٱلَّذِي مِنۡ عَدُوِّهِۦ فَوَكَزَهُۥ مُوسَىٰ فَقَضَىٰ عَلَيۡهِۖ قَالَ هَٰذَا مِنۡ عَمَلِ ٱلشَّيۡطَٰنِۖ إِنَّهُۥ عَدُوّٞ مُّضِلّٞ مُّبِينٞ ١٥
އަދި ރަށުގެ أهل ވެރިން غَافل ވެގެންވާ ހިނދެއްގައި (މީސްތަކުން މެންދުރު އޮށޯވެލާވަގުތު) އެކަލޭގެފާނު (موسى عليه السّلام) ރަށުގެތެރެއަށް ވެދެވަޑައިގެންނެވިއެވެ. އަދި ދެމީހަކު އެކަކު އަނެކަކަށް ހިފައި ތަޅާފޮޅާތީ އެކަލޭގެފާނު ދެކެވަޑައިގެންފިއެވެ. އެތަނުން އެކަކީ އެކަލޭގެފާނުންގެ دين ގެ މީހެކެވެ. بني إسرائيل އެކެވެ. އަނެކަކީ އެކަލޭގެފާނުންގެ عدوّ ންގެތެރެއިންވާ މީހެކެވެ. فِرعون قبيلة ގެ މީހެކެވެ. قِبْطِى އެކެވެ. ދެންފަހެ އެކަލޭގެފާނުންގެ دين ގެ މީހާ އެމީހާގެ عدوّ ގެ މައްޗަށް މަދަދާއި އެހީއަށްއެދި އެކަލޭގެފާނަށް ދަންނަވައިފިއެވެ. ދެންފަހެ އެކަލޭގެފާނުންގެ އަތްތިލަފުޅުން އެމީހާގެ މޭމަތީގައި ޖަހައިފިއެވެ. އަދި އެމީހާގެ މައްޗަށް ނިޔާކުރައްވައިފިއެވެ. އެޖެއްސެވުމުގެ ސަބަބުން އެމީހާ މަރުވެގެން ވެއްޓުނީއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ ސައިތާނާގެ عمل އެވެ. ހަމަކަށަވަރުން އެސޮރަކީ ބަޔާންވެގެންވާ ގޮތުގައި މަގުފުރައްދާ عدوّ އެކެވެ.