Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Qasas — Ayah 18

28:18
فَأَصۡبَحَ فِي ٱلۡمَدِينَةِ خَآئِفٗا يَتَرَقَّبُ فَإِذَا ٱلَّذِي ٱسۡتَنصَرَهُۥ بِٱلۡأَمۡسِ يَسۡتَصۡرِخُهُۥۚ قَالَ لَهُۥ مُوسَىٰٓ إِنَّكَ لَغَوِيّٞ مُّبِينٞ ١٨
ފަހެ ރަށުގައި ބިރުފުޅުގެންވަޑައިގެން ހުންނެވި ބޭކަލަކުކަމުގައި އެކަލޭގެފާނު ވެއްޖެއެވެ. އަދި ދެންވާނެ ގޮތަކާއިމެދު إنتظار ކުރައްވަކުރައްވާ ހުންނެވިއެވެ. އެހެން ހުންނަވަނިކޮށް އިއްޔެ އެކަލޭގެފާނުންގެ އަރިހުން نصر އަށް އެދުނުމީހާ އެކަލޭގެފާނަށް ގޮވާ ހަޅޭލަވަން ފަށައިފިއެވެ. މިއަދުވެސް އޭނާ موسى عليه السّلام ގެ އަރިހުން نصر އެދެނީއެވެ. (އޭރުމިއިސްރާއީލުމީހާ އެހެން قِبْطِى އަކާއި ތަޅާފޮޅަނީއެވެ.) އަދި موسى عليه السّلام އެ إسرائيل މީހާއަށް ވިދާޅުވިއެވެ. ކަލެއަކީ ހަމަކަށަވަރުންވެސް ވަރަށްބޮޑަށް ގެއްލި ހަލާކުވެ މަގުފުރެދިފައިވާ މީހެއްކަން ކަށަވަރެވެ.