Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Qasas — Ayah 43

28:43
وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ مِنۢ بَعۡدِ مَآ أَهۡلَكۡنَا ٱلۡقُرُونَ ٱلۡأُولَىٰ بَصَآئِرَ لِلنَّاسِ وَهُدٗى وَرَحۡمَةٗ لَّعَلَّهُمۡ يَتَذَكَّرُونَ ٤٣
އަދި އިސްވެދިޔަ أُمَّة ތައް ހަލާކުކުރެއްވުމަށްފަހު ހަމަކަށަވަރުން ތިމަންރަސްކަލާނގެ موسى عليه السّلام އަށް ފޮތްދެއްވީމެވެ. އެއީ توراة އެވެ. (ދަންނައެވެ. ކިތަންމެ تفسير ފޮތެއްގައި ލިޔެވިގެންވެއެވެ. موسى عليه السّلام އަށް توراة ބާވައިލެއްވުމަށްފަހު ރާމާމަކުނަށް ބަދަލުވީ މީހުން އުޅުނު ރަށް މެނުވީ ﷲ ހަލާކު ނުކުރައްވައެވެ. ހަލާކު ކުރެއްވީ އޭގެ ކުރީގެ أمّة ތަކެވެ. والله أعلم. = تفسير قرطبى އިން = ) ދެންފަހެ موسى عليه السّلام އަށް އެފޮތް ބާވައިލެއްވީ އެމީހުންނަށްވާ އަލިކަމެއްގެގޮތުންނެވެ. ނުވަތަ އެމީހުން ބަލާ ވިސްނާހެދުމަށެވެ. އަދި ތެދުމަގަކާއި رحمة އެއްގެގޮތުންނެވެ. އެއީ އެމީހުން ﷲ ގެ نعمة ހަނދާންކޮށް شكر ކުރުމުގެ أمّيد ގައެވެ.