Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Qasas — Ayah 46

28:46
وَمَا كُنتَ بِجَانِبِ ٱلطُّورِ إِذۡ نَادَيۡنَا وَلَٰكِن رَّحۡمَةٗ مِّن رَّبِّكَ لِتُنذِرَ قَوۡمٗا مَّآ أَتَىٰهُم مِّن نَّذِيرٖ مِّن قَبۡلِكَ لَعَلَّهُمۡ يَتَذَكَّرُونَ ٤٦
އަދި ތިމަންރަސްކަލާނގެ (موسى عليه السّلام އަށް) ނިދާއިއްވެވިހިނދު ކަލޭގެފާނު طور ފަރުބަދައިގެ ކައިރީގައި ނުވަމުއެވެ. އެހެނެއްކަމަކު އެހެންހެއްދެވީ ކަލޭގެފާނުންގެ ربّ ގެ حضرة ންވާ رحمة އެއްގެ ގޮތުންނެވެ. އެއީ ކަލޭގެފާނުންގެ ކުރީން އެބައެއްގެގާތަށް އެއްވެސް نَذِير އަކު ފޮނުވިގެން ނުވާ ބަޔަކަށް (مكّة أهل ވެރިންނަށް) إنذار ކުރެއްވުމަށްޓަކައެވެ. އެއީ އެމީހުން އެތިބަ ނުބައި ގޮތްތައް ހަނދާންކޮށް توبة ވޭތޯއެވެ. • ދަންނައެވެ. ﷲ تعالى موسى عليه السّلام އަށް محمّد ގެފާނުންގެ أمّة ގެމީހުންގެ މާތްކަމުގެ ވާހަކަ وحي ކުރެއްވީމާ موسى عليه السّلام އެމީހުން ދުށުމަށް އެދިވަޑައިގެންނެވިއެވެ. އެވަގުތު ﷲ އެންގެވީ އެމީހުން އަދި ނުފެންނާނެކަމަށެވެ. އެކަމަކު އެމީހުންގެ އަޑުއިއްވަވާފާނެކަމަށެވެ. ދެން އެވަގުތު محمّد ގެފާނުންގެ أمّة ގެމީހުންނަށް ﷲ ނިދާއިއްވެވުމުން (ގޮވައިލެއްވުމުން) ބަފައިންގެ ބުރަކަށިތަކުގައި ތިބެފައި އެބަސްފުޅަށް ޖަވާބުދެއްވިކަމުގައިވެއެވެ. موسى عليه السّلام އަށް އިއްވެވިކަމުގައި ވެއެވެ. އަދި އެމީހުންނާ مخاطب ކުރައްވައި ކިތަންމެ ބަސްފުޅުތަކެއް އެވަގުތު وحي ކުރެއްވިކަމުގައިވެއެވެ. والله أعلم އިސްވެދިޔަ އާޔަތުން إشارة ވަނީ އެ واقعة އަށް ކަމުގައިވެއެވެ. = تفسير طبري - تفسير قرطبى =