Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Qasas — Ayah 48

28:48
فَلَمَّا جَآءَهُمُ ٱلۡحَقُّ مِنۡ عِندِنَا قَالُواْ لَوۡلَآ أُوتِيَ مِثۡلَ مَآ أُوتِيَ مُوسَىٰٓۚ أَوَلَمۡ يَكۡفُرُواْ بِمَآ أُوتِيَ مُوسَىٰ مِن قَبۡلُۖ قَالُواْ سِحۡرَانِ تَظَٰهَرَا وَقَالُوٓاْ إِنَّا بِكُلّٖ كَٰفِرُونَ ٤٨
ދެންފަހެ ތިމަންރަސްކަލާނގެ حضرة ން އެމީހުންގެގާތަށް حقّ އައިހިނދުން (محمّد ﷺ ރަސޫލުކަމާއިގެން ވަޑައިގެންނެވުމުން އެމީހުން ހެދީ އިދިކޮޅެވެ.) އެމީހުން ބުނީ موسى عليه السّلام އަށް ދެއްވުނުފަދަ އެއްޗެއް - އެފަދަފޮތެއް - މި رسول އަށް ނުދެއްވުނީ ކީއްވެގެންބާވައެވެ؟ ނުވަތަ އެފަދަ ފޮތެއް މިކަލޭގެފާނަށްވެސް ދެއްވޭނެނަމައެވެ. (އޭގެ جواب ގައި ﷲ وحي ކުރައްވަނީ) އެމީހުން ފަހެ موسى عليه السّلام އަށް ބާވައިލެއްވުނު ތަކެއްޗަށް ކާފަރުނުވޭހެއްޔެވެ؟ އަދި އެމީހުން ބުނީ އެއީ ފައުޅުވެގެންވާ ދެ سحر ކަމުގައެވެ. (އެބަހީ: توراة އާއި قرآن އަކީ ދެ سحر ކަމުގައެވެ.) ނުވަތަ موسى عليه السّلام އާއި محمّد ﷺ އާއި ދެބޭކަލުންނަކީ ދެ سحر ވެރިންކަމުގައެވެ. އަދި އެމީހުން ބުނީ އަހުރެމެން މިވަނީ އެހުރިހާ އެއްޗަކަށް ކާފަރުވެގެންނެވެ. • ދަންނައެވެ. މިއާޔަތުގެ تفسير ގައި علم ވެރިން ގޮތްގޮތަށް ކިޔާފައިވެއެވެ. މިތާ ލިޔެވިފައި ވަނީ އެތަނުން އެއްގޮތެވެ. قِرَاة ތަފާތުވުމުގެ ސަބަބުންވެސް إختلاف ވާން ދިމާވީއެވެ. والله أعلم بالصّواب.