Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Qasas — Ayah 54

28:54
أُوْلَٰٓئِكَ يُؤۡتَوۡنَ أَجۡرَهُم مَّرَّتَيۡنِ بِمَا صَبَرُواْ وَيَدۡرَءُونَ بِٱلۡحَسَنَةِ ٱلسَّيِّئَةَ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ ٥٤
އެމީހުން ދަންނައެވެ. އެމީހުން ކެތްތެރިވިކަމަށްޓަކައި އެކަމުގެ ސަބަބުން އެމީހުންނަށް ދެފަހަރަށް ދަރުމަ ދެއްވޭނެއެވެ. (އެއީ އެމީހުން ކުރީފޮތަށް إيمان ވީކަމަށްޓަކައްޔާއި އަދި محمّد ﷺ އަށް إيمان ވީ ކަމަށްޓަކައެވެ. - ނުވަތަ އެމީހުން محمّد ﷺ ފޮނުއްވުމުގެ ކުރިންވެސް އެކަލޭގެފާނަށް إيمان ވީކަމަށްޓަކައާއި އެކަލޭގެފާނު ފޮނުއްވުމުންވެސް إيمان ވީކަމަށްޓަކައެވެ.) އަދި އެމީހުން ހެޔޮކަންތަކުން ނުބައިކަންތައް دفاع ކުރެއެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވި ރިޒުގުން އެމީހުން ހޭދަކުރެއެވެ. (ﷲ ގެ ކިޔަމަނުގައި އެކަލާނގެ މަގުގައި ހޭދަކުރެއެވެ.)