Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Qasas — Ayah 59

28:59
وَمَا كَانَ رَبُّكَ مُهۡلِكَ ٱلۡقُرَىٰ حَتَّىٰ يَبۡعَثَ فِيٓ أُمِّهَا رَسُولٗا يَتۡلُواْ عَلَيۡهِمۡ ءَايَٰتِنَاۚ وَمَا كُنَّا مُهۡلِكِي ٱلۡقُرَىٰٓ إِلَّا وَأَهۡلُهَا ظَٰلِمُونَ ٥٩
(އޭ رسول ﷲ އެވެ!) އަދި ރަށްތަކުގެ މަންމަކަމުގައިވާ (ނުވަތަ އެންމެ عزّة ތެރި ރަށްކަމުގައިވާ) ރަށަށް يعني: مكّة އަށް رسول ބޭކަލަކު ފޮނުއްވައިފުމަށްދާންދެން އެރަށުގެ ވަށަވަށައިގެންވާ ރަށްތައް ހަލާކުކުރައްވާނޭ ކަލަކުކަމުގައި ކަލޭގެފާނުންގެ ربّ ނުވެއެވެ. އަދި އެރަސޫލުބޭކަލަކު އެމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ އާޔަތްތައް ކިޔަވާ ވިދާޅުވެދެއްވާނެ އަދި އެއްވެސް ރަށެއް އެރަށެއްގެ أهل ވެރިން އަނިޔާވެރިވެގެންވާ حال ގައިމެނުވީ ހަލާކު ކުރައްވާނޭ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެން ނުވަމެވެ.