Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Qasas — Ayah 68

28:68
وَرَبُّكَ يَخۡلُقُ مَا يَشَآءُ وَيَخۡتَارُۗ مَا كَانَ لَهُمُ ٱلۡخِيَرَةُۚ سُبۡحَٰنَ ٱللَّهِ وَتَعَٰلَىٰ عَمَّا يُشۡرِكُونَ ٦٨
އަދި (އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ ربّ އެދިވޮޑިގަންނަވާ އެއްޗެއް ހައްދަވައެވެ. އަދި އެދިވޮޑިގެންނެވި މީހަކު (ތެދުމަގާއި إيمان ކަމަށާއި އަދި صَالح عمل ކުރުމަށް) إختيار ކުރައްވައި خاصّ ކުރައްވައެވެ. އަދި އެމީހުންނަށް (އެބަހީ: مشرك ންނަށް - އެމީހުން ބޭނުންމީހަކު رسول ކަމަށާއި نبي ކަމަށް) إختيار ކުރުމެއް ނުވެއެވެ. އަދި އެމީހުން އެ شرك ކުރާ ކަންތައް ފިޔަވައި ﷲ ހުސް طاهر ވެ އަދި މަތިވެރިވެވޮޑިގެންވެއެވެ.