Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Qasas — Ayah 75

28:75
وَنَزَعۡنَا مِن كُلِّ أُمَّةٖ شَهِيدٗا فَقُلۡنَا هَاتُواْ بُرۡهَٰنَكُمۡ فَعَلِمُوٓاْ أَنَّ ٱلۡحَقَّ لِلَّهِ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ ٧٥
އަދި (قيامة ދުވަހުން) ތިމަންރަސްކަލާނގެ ކޮންމެ أمّة އަކުން ހެކިވެރިއަކު ވަކިކުރައްވައި حاضر ކުރައްވާހުށީމެވެ. އެއީ އެ أمّة ގެ نبي އާއެވެ. ދެންފަހެ مشرك ންނަށް ތިމަންރަސްކަލާނގެ އަންގަވާ ހުށީމެވެ. (އެއީ نبي އާ، ނަބީކަން އެންގެވިކަމަށް ވިދާޅުވުމަށްފަހުގައެވެ.) އެއަށްފަހު مشرك ންނަށް އަންގަވާނަމެވެ. ކަލޭމެން ކަލޭމެން އަޅުކަންކުރިތަކެއްޗަށް އަޅުކަންކުރުން ހުއްދަވާނެކަމުގެ حجّة އާއި برهان ނިކަން ގެނަސްބަލާށެވެ! (އެހިނދު އެމީހުންނަކަށް އެއްވެސް دليل އެއް حجّة އެއް ނުވާނެއެވެ.) އަދި ހަމަކަށަވަރުން حقّ ވަނީ ﷲ އަށް ކަން ރަނގަޅަށް އެމީހުންނަށް އެނގޭނެއެވެ. އަދި އެމީހުން (ދުނިޔޭގައި) ދޮގުހަދާކަމުގައިވިތަކެތި - ބުދުތައް - (ﷲ ފިޔަވައި އަޅުކަން އެފަރާތްތަކަށް ވެވުނު ހުރިހާތަކެތި) އެމީހުން ކިބައިން ގެއްލިގެން ހިނގައިދާނެއެވެ.