Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Qasas — Ayah 82

28:82
وَأَصۡبَحَ ٱلَّذِينَ تَمَنَّوۡاْ مَكَانَهُۥ بِٱلۡأَمۡسِ يَقُولُونَ وَيۡكَأَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ مِنۡ عِبَادِهِۦ وَيَقۡدِرُۖ لَوۡلَآ أَن مَّنَّ ٱللَّهُ عَلَيۡنَا لَخَسَفَ بِنَاۖ وَيۡكَأَنَّهُۥ لَا يُفۡلِحُ ٱلۡكَٰفِرُونَ ٨٢
އަދި އިއްޔެ قارون ގެ ދަރަޖަޔާ އޭނާގެ މުދަލާ مقام އެދުނުމީހުން މިއަދު ބުނާކަމުގައިވިއެވެ. ހިތާމަހުއްޓެވެ. ކަލޭމެން ހޭއަރާށެވެ. ހަމަކަށަވަރުން ﷲ تعالى އެކަލާނގެ އަޅުތަކުންގެތެރެއިން އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ރިޒުގު ތަނަވަސް ކުރައްވައި އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ދަތިކުރައްވައެވެ. އަދި ﷲ تعالى އަހުރެމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިނުގެންނެވިނަމަ / رحمة ނުލެއްވިނަމަ އަހުރެމެންވެސް قارون އާއި އެކީ ގަންބަވައިގަންނަވައިފީހެވެ. ހިތާމަ ހުއްޓެވެ. އަދި ކަލޭމެން ހޭއަރާށެވެ. ހަމަކަށަވަރުން كافر ންނަށް އެކަލާނގެ ކާމިޔާބު ނުދެއްވާނެއެވެ.