Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Qasas — Ayah 88

28:88
وَلَا تَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَۘ لَآ إِلَٰهَ إِلَّا هُوَۚ كُلُّ شَيۡءٍ هَالِكٌ إِلَّا وَجۡهَهُۥۚ لَهُ ٱلۡحُكۡمُ وَإِلَيۡهِ تُرۡجَعُونَ ٨٨
އަދި ﷲ އާއި އެކު ކަލޭގެފާނު އެހެން إله އަކަށް ގޮވާ دعاء ކުރައްވާ ނުހައްދަވާށެވެ! އެކަލާނގެ މެނުވީ (حقّ) އެހެން އެއްވެސް إله އަކު ނުވެއެވެ. އެކަލާނގެ وجه ފުޅު އެބަހީ: އެކަލާނގެ ذات ފުޅު މެނުވީ ހުރިހާ ތަކެއްޗަކީ (قيامة ވުމުގެ ކުރިން) ހަލާކުވެ ފަނާވެދާނޭ ތަކެއްޗެވެ. (އެކަލާނގެ خلق ތަކުންގެ މެދުގައި) حكم ކުރެއްވުންވަނީ ހަމައެކަނި އެކަލާނގެއަށެވެ. މި حكم ކުރެއްވުމަކީ ދުނިޔޭގައިވެސް حكم ކުރެއްވުމެވެ. އަދި آخرة ގައިވެސް حكم ކުރެއްވުމެވެ. ހުރިހާ حكم އެއްގެ ވެރިޔަކީ އެކަލާނގެއެވެ. އަދި ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.