Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Al-'Ankabut — Ayah 10

29:10
وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ فَإِذَآ أُوذِيَ فِي ٱللَّهِ جَعَلَ فِتۡنَةَ ٱلنَّاسِ كَعَذَابِ ٱللَّهِۖ وَلَئِن جَآءَ نَصۡرٞ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمۡۚ أَوَلَيۡسَ ٱللَّهُ بِأَعۡلَمَ بِمَا فِي صُدُورِ ٱلۡعَٰلَمِينَ ١٠
އަދި މީސްތަކުންގެތެރޭގައި ތިމަންނާމެން މިތިބީ ﷲ އަށް إيمان ވެގެންނޭ ބުނާބަޔަކު ވެއެވެ. ދެންފަހެ ﷲ ގެ މަގުގައި އެމީހުންނަށް އުނދަގުލެއް ދިމާވެއްޖެއްޔާ މީސްތަކުންގެ ފަރާތުން ލިބޭ އުނދަގުލާއި فِتْنَة ވެރިކަން ﷲ ގެ عذاب ފަދައިން ހަދައިލަފާނެއެވެ. (އެބަހީ: މީސްތަކުން މަލާމާތްކޮށް ސަރުކާރުން ކުށްވެރިކޮށް ޖަލަށްލާ ހަދާފާނެކަމަށްލަފާކޮށް (ނުވަތަ އެފަދަ އަދަބު ލިބޭތީ ތިމާއަށް حقّ ވެގެންވާ عمل ނުކޮށް ދޫކޮށްލައެވެ.) މިޒަމާނަކަށް އައިސް ކިޔަވައިގެންތިބޭ ގިނަ عالم ންގެ حال ހުރީވެސް މިފަދައިންނެވެ. ތިމާގެކުރިމަތިން منكراة ތައް ހިނގަމުންދާއިރުވެސް އެއްބައިވަންތަކަން ގެއްލިދާނެކަމުގެ ބަހަނާގައި ނުވަތަ ތިމާއީ ހަރުކަށިމީހެކޭ ބުނެފާނެތީ، ސަރުކާރުގެ ޕޮލިސީއާއި ދިމާނުވާތީ، ނުވަތަ ޖަލަށްލައިފާނެތީ ހަމައަޅައިވެސް ނުލައި ހުރެދެއެވެ. އަދި ބައެއްފަހަރު ތިމާވެސް އެކަމުގައި ބައިވެރިވެއެވެ. ﷲ ގެ عذاب އާއި ކޯފާއަށްވުރެ މީސްތަކުންގެ ފަރާތުން ލިބޭ އުނދަގޫ ބޮޑުކަމަށް ހަދައެވެ. والعياذ ﷲ)\nއަދި ކަލޭގެފާނުންގެ ربّ ގެ حضرة ން ކޮންމެވެސް نصر ވެރިކަމެއް، އަދި ކާމިޔާބީއެއް (مؤمن ންނަށް) އަތުވެއްޖެއްޔާ އިސްވެދިޔަފަދަ މީހުން ބުނާނެހެވެ. އަހުރެމެންވެސް ހަމަކަށަވަރުން ވީ ކަލޭމެންނާއި އެކުގައެވެ. (އެބަހީ: އަހުރެމެންނަކީވެސް ހަމަ ކަލޭމެންކަހަލަ مؤمن ންނެވެ. ކަލޭމެނަށް އޮތް ހެވެއް އަހުރެމެންނަށްވެސް އޮންނާންވާނެއެވެ.) އޭގެ ޖަވާބުގައި ﷲ އެ އަންގަވާ އެންމެހައި މީސްތަކުންގެ ހިތްތަކުގައިވާ ކަންތައްތަކާއި ތަކެތި ﷲ ދެނެވޮޑިގެން ނުވޭހެއްޔެވެ؟ އެބަހީ: އެކަލާނގެ ދެނެވޮޑިގެންވެއެވެ.