Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Ar-Rum — Ayah 28

30:28
ضَرَبَ لَكُم مَّثَلٗا مِّنۡ أَنفُسِكُمۡۖ هَل لَّكُم مِّن مَّا مَلَكَتۡ أَيۡمَٰنُكُم مِّن شُرَكَآءَ فِي مَا رَزَقۡنَٰكُمۡ فَأَنتُمۡ فِيهِ سَوَآءٞ تَخَافُونَهُمۡ كَخِيفَتِكُمۡ أَنفُسَكُمۡۚ كَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡقِلُونَ ٢٨
ތިޔަބައިމީހުންގެ نفس ތަކުން އެކަލާނގެ ތިޔަބައިމީހުންނަށް مثال އެއް ޖައްސަވައެވެ. ތިމަންރަސްކަލާނގެ ކަލޭމެންގެ އަތްމައްޗަށް ދޫކުރި ރިޒުގުގައި ކަލޭމެންނާއިއެކު ކަލޭމެންގެ އަޅުން ބައިވެރިވެ ހަމަހަމަކުރާނެހެއްޔެވެ؟ ކަލޭމެންގެ نفس ތަކަށް ކަލޭމެން ބިރުވެތިވާފަދައިން އެމީހުންގެ نفس ތަކުގެ މައްޗަށް ބިރުވެތިވަމުހެއްޔެވެ؟ (ނުވާނެއެވެ. ރިޒުގުގައިވެސް ހަމަހަމަވާކަށް ނޭދޭނެއެވެ. މިހެން މިކަންހުރިއިރު ﷲ ގެ އަޅުތަކުންނާއި ﷲ އާއި ހަމަހަމަކުރުމަށް ކަލޭމެން قبول ވާންވީ ކޮންފަދައަކުންހެއްޔެވެ؟ އެއީ ކިހާބޮޑު ބޭ إنصاف އެއްހެއްޔެވެ؟) އަދި ބުއްދިކޮށް ވިސްނާބަޔަކަށް ﷲ އެކަލާނގެ އާޔަތްތައް تفصيل ކޮށްދެއްވަނީ ހަމައެފަދައިންނެވެ.