Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Ar-Rum — Ayah 39

30:39
وَمَآ ءَاتَيۡتُم مِّن رِّبٗا لِّيَرۡبُوَاْ فِيٓ أَمۡوَٰلِ ٱلنَّاسِ فَلَا يَرۡبُواْ عِندَ ٱللَّهِۖ وَمَآ ءَاتَيۡتُم مِّن زَكَوٰةٖ تُرِيدُونَ وَجۡهَ ٱللَّهِ فَأُوْلَٰٓئِكَ هُمُ ٱلۡمُضۡعِفُونَ ٣٩
މީސްތަކުންގެ މުދާގިނަވުމަށްޓަކައި - ނުވަތަ ތިމާއަށް އަނބުރައި ގިނަ ހަދިޔާއާއި ބަދަލު ލިބުމުގެ مقصد ގައި މީސްތަކުން އެކަކު އަނެކަކަށް ދީއުޅޭ ހަދިޔާއާއި ދިނުންތަކަކުން ﷲ ގެ حضرة ގައި އެއްވެސް އިތުރުވުމެއް ނުވެއެވެ. އަދި އެކަމަކު ﷲ ގެ وجه ފުޅު އެދިގެން ތިޔަބައިމީހުން ކުރި صدقة އަކުން ނުވަތަ ދިން ޒަކާތަކުންވިއްޔާ ﷲ ގެ حضرة ގައި އޭގެ ދަރުމަޔާއި ثواب އެތައްގުނައަކަށް ގިނަވެއެވެ. އަދި އެފަދައިން ޒަކާތްދީ صدقة ކުރާމީހުން އެއީ އެމީހުންގެ عمل ގެ ثواب އާއި ދަރުމަ ގިނަކުރާމީހުންނެވެ.