Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Ar-Rum — Ayah 43

30:43
فَأَقِمۡ وَجۡهَكَ لِلدِّينِ ٱلۡقَيِّمِ مِن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا مَرَدَّ لَهُۥ مِنَ ٱللَّهِۖ يَوۡمَئِذٖ يَصَّدَّعُونَ ٤٣
(އޭ رسول ﷲ އެވެ!) ﷲ އަށް ކިޔަމަންތެރިވެވޭ ތެދު ސީދާ دين އަށް ކަލޭގެފާނުންގެ މޫނުފުޅު ސީދާކުރައްވާށެވެ! އެއީ ﷲ ގެ حضرة ން ކަނޑައެޅިގެން އަންނަ އަދި އެދުވަހެއް އަޔަނުދީ އަނބުރާ ފޮނުވައި ނުލެވޭނެ ދުވަހެއް އައުމުގެ ކުރިންނެވެ. (އެބަހީ: ކަނޑައެޅިގެން އަންނަ قيامة ދުވަސް އައުމުގެ ކުރިންނެވެ.) އެދުވަހުން މީސްތަކުން ބައިވާނެއެވެ. (އެއްބަޔަކު ސުވަރުގެއަށް އަނެއްބަޔަކު ނަރަކައަށެވެ.)