Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Ar-Rum — Ayah 53

30:53
وَمَآ أَنتَ بِهَٰدِ ٱلۡعُمۡيِ عَن ضَلَٰلَتِهِمۡۖ إِن تُسۡمِعُ إِلَّا مَن يُؤۡمِنُ بِـَٔايَٰتِنَا فَهُم مُّسۡلِمُونَ ٥٣
އަދި މަގުފުރެދުމުގެތެރޭގައި އަނދިރިވެ ކަނުވެގެންވާ ބަޔަކުވެސް ސީދާ حقّ ތެދުމަގުގެ މަތީގައި ސާބިތުކޮށްލުމަކީ ކަލޭގެފާނަކަށް ވާނޭކަމެއްނޫނެވެ. (ފަހެ ކާފަރުންނާއި މަގުފުރެދިގެންވާ މީހުންގެ ހިތްތަކަށް ތެދުމަގު واصل ކުރެއްވުމަކީ ހަމައެކަނި ﷲ އަށް خاصّ ވެގެންވާ ކަމެކެވެ. ތިމަންރަސްކަލާނގެ އާޔަތްތަކަށް إيمان ވެ ތެދުކުރާ ބަޔަކަށް މެނުވީ ކަލޭގެފާނަކަށް ނުއިއްވެވޭނެއެވެ. (ކަލޭގެފާނު އިއްވިޔަސް އެފަދަމީހުން މެނުވީ ނުއަހާނެއެވެ.) އަދި އެފަދަމީހުންނީ ﷲ އަށް ކިޔަމަންތެރިވެގެންވާ مسلم ންކަމުގައިވާ މީހުންނެވެ.