Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Luqman — Ayah 12

31:12
وَلَقَدۡ ءَاتَيۡنَا لُقۡمَٰنَ ٱلۡحِكۡمَةَ أَنِ ٱشۡكُرۡ لِلَّهِۚ وَمَن يَشۡكُرۡ فَإِنَّمَا يَشۡكُرُ لِنَفۡسِهِۦۖ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِيٌّ حَمِيدٞ ١٢
އަދި ހަމަކަށަވަރުން لُقْمَان ގެފާނަށް ތިމަންރަސްކަލާނގެ حكمة ދެއްވީމެވެ. (އެއީ فِقه ވެރިކަމާއި ބުއްދި ހަރުދަނާކަމާއި ބަސްބުނުމުގެ ސީދާކަމެވެ. އަދި އެހެންގޮތްގޮތަށްވެސް ބުނެވިފައިވެއެވެ. والله أعلم) އެއީ އެކަލޭގެފާނު ﷲ އަށް شكر ކުރެއްވުމަށެވެ. އަދި شكر ކުރާމީހަކު އެކުރާ شكر އެއީ އެމީހެއްގެ އަމިއްލަ نفس އަށެވެ. އެކަމުގެ ދަރުމަޔާއި ثواب ހުރީ ހަމަ އެމީހަކަށެވެ. އަދި ކާފަރުވެއްޖެ މީހާ ދަންނައެވެ. (އޭނާގެ އެކާފަރުކަމުގެ ނުބައިކަން ހުންނާނީ ހަމައޭނާއަށެވެ. އެކަމުން ﷲ އަށް ވާނެ ގެއްލުމެއްނެތެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ އަމިއްލަ ޒާތުފުޅަށްވެސް ފުދިވޮޑިގެންވާ އަދި حمد ލިބިވޮޑިގެންވާ ކަލާނގެއެވެ. ދަންނައެވެ. لُقْمَان ގެފާނަކީ عامّ ކޮށް ގިނަ ރިވާޔަތުގައިވާގޮތުން حَبْش ކަރައިގެ ކަޅުމީހެކެވެ. އަޅެކެވެ. صالح މާތް ބޭކަލެކެވެ. نبي ބޭކަލެއްނޫނެވެ. އަދި نبي އެކޭ ބުނިބޭކަލުންވެސް ވެއެވެ. އެކަމަކު صحّ ކަންބޮޑީ އެއީ صالح އަޅެކޭ ބުނުމެވެ. حديث ސާބިތުވަނީ އެގޮތެވެ. والله أعلم.