Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah As-Sajdah — Ayah 5

32:5
يُدَبِّرُ ٱلۡأَمۡرَ مِنَ ٱلسَّمَآءِ إِلَى ٱلۡأَرۡضِ ثُمَّ يَعۡرُجُ إِلَيۡهِ فِي يَوۡمٖ كَانَ مِقۡدَارُهُۥٓ أَلۡفَ سَنَةٖ مِّمَّا تَعُدُّونَ ٥
(خَلْقُ ތަކުންނާއިމެދު) އުޑުން ބިމަށް އެކަލާނގެ ކަންތައްތައް ތަދުބީރުކުރަށްވައެވެ. ދެން އެކަލާނގެ حَضْرَةُ އަށްއެއަމުރުފުޅުއަރައެވެ. ނުވަތަ އަމުރުވެވިފައިވާ ހިސާބަކަށް މަލާއިކަތްބޭކަލުން އަރާވަޑައި ގަންނަވައެވެ. އެއީ ކަލޭމެން ޢަދަދުކުރާގޮތުން އެއްހާސްއަހަރުގެ މުއްދަތުވާ ދުވަހެއްގައެވެ. ދަންނައެވެ. * މިއާޔަތުގެ ތަފުސީރު ވަރަށްގިނަގޮތްގޮތަށް ލިޔެވިގެންވެއެވެ. އަޅުގަޑު އެވާހަކަތައް ދައްކާކަށް ނެތީމެވެ. އެވާހަކަ ހަދާންކޮށްދިނީއެވެ.