Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahzab — Ayah 19

33:19
أَشِحَّةً عَلَيۡكُمۡۖ فَإِذَا جَآءَ ٱلۡخَوۡفُ رَأَيۡتَهُمۡ يَنظُرُونَ إِلَيۡكَ تَدُورُ أَعۡيُنُهُمۡ كَٱلَّذِي يُغۡشَىٰ عَلَيۡهِ مِنَ ٱلۡمَوۡتِۖ فَإِذَا ذَهَبَ ٱلۡخَوۡفُ سَلَقُوكُم بِأَلۡسِنَةٍ حِدَادٍ أَشِحَّةً عَلَى ٱلۡخَيۡرِۚ أُوْلَٰٓئِكَ لَمۡ يُؤۡمِنُواْ فَأَحۡبَطَ ٱللَّهُ أَعۡمَٰلَهُمۡۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرٗا ١٩
އެއީ ކަލޭމެން މުއުމިނުންނާ އިދިކޮޅަށް ހުންނަ ދަހިވެތިކަމަކުންނެވެ. (ހަންދަޤު ކޮނުންކަހަލަ ހެޔޮކަންކަމުގައި ޚަރަދުކުރުމާމެދު ހުންނަ ދަހިވެތިކަމުންނެވެ.) ދެންފަހެ ހަނގުރާމައިގެ ބިރުވެރިކަން އަތުވެއްޖެއްޔާ އެމީހުންގެ ލޯތަށް މަރަށް ޙާޟިރުވެގެންވާ މީހަކު ހެޔަށްގޮތްވެފައި ވާފަދައިން ކަޅިޖަހައިނުލައި ފަރާތްފަރާތަށް އަނބުރާތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. ދެން ފަހެ ހަނގުރާމަ ނިމި ބިރުވެރިކަން ފިލައިގެން ހިނގައްޖެއްޔާ އެމީހުންގެ ތޫނު ދޫތަކުން ހުތުރު އެއްޗެތިކިޔައި ކަލޭމެނަށް އުނދަގޫތަށް ކުރާނެއެވެ. އެއީ ހެޔޮކަންތަކަށް ޚަރަދު ކުރުމަށް ބަޚީލްވެ ދަހިވެތިކަމުންނެވެ. ނުވަތަ ޣަނީމާ މުދަލަށް އެމީހުންވާ ދަހިވެތިކަމުންނެވެ. އެމީހުން އެއްގޮތަކަށްވެސް އީމާންނުވެއެވެ. އަދި ﷲ ތަޢާލާ އެމީހުންގެ ހެޔޮޢަމަލުތަށް بَاطِل ކުރެއްވީއެވެ. އަދި އެކަން އެފަދައިން ހެއްދެވުމަކީ ﷲ އަށް ދާދި ފަސޭހަ ކަމެކެވެ.