Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahzab — Ayah 32

33:32
يَٰنِسَآءَ ٱلنَّبِيِّ لَسۡتُنَّ كَأَحَدٖ مِّنَ ٱلنِّسَآءِ إِنِ ٱتَّقَيۡتُنَّۚ فَلَا تَخۡضَعۡنَ بِٱلۡقَوۡلِ فَيَطۡمَعَ ٱلَّذِي فِي قَلۡبِهِۦ مَرَضٞ وَقُلۡنَ قَوۡلٗا مَّعۡرُوفٗا ٣٢
އޭ نبي އާގެ އަނބިއަނބިކަނބަލުންނޭވެ! ތިޔަކަނބަލުން އެހެނިހެން އާދައިގެ އަންހެނުން ފަދައިން ނުވެއެވެ. ފަހެ ތިޔަކަނބަލުން تقوى ވެރިވެވަޑައިގެންވަންޏާ އާދައިގެ ހިލޭ ފިރިހެނުންނާއި އެއްޗެއް ވިދާޅުވާން ޖެހިއްޖެ ޙާލަތެއްގައި ތިޔަކަނބަލުންގެ ބަސްފުޅު ވިދާޅުވުމުގައި ތޫލިވުން ލޫޅާފަތިވުން (އާތްވުން) ފަދަ ގޮތްތައް ނުބަހައްޓަވާށެވެ! އެފަދައިން ބަސްފުޅު ލޫޅާފަތި ވެއްޖެއްޔާ ހިތުގައި (شهوة ތެރިކަމާއި فاجر ކަމުގެ) ބައްޔެއްވާ މީހުން ދަހިވެތިވެދާނެއެވެ. އަދި ތިޔަކަނބަލުން (ޝައްކާއި ދުރުވެގެންވާ) ހެޔޮރަނގަޅު ބަސްފުޅު ވިދާޅުވާށެވެ.