Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahzab — Ayah 35

33:35
إِنَّ ٱلۡمُسۡلِمِينَ وَٱلۡمُسۡلِمَٰتِ وَٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ وَٱلۡقَٰنِتِينَ وَٱلۡقَٰنِتَٰتِ وَٱلصَّٰدِقِينَ وَٱلصَّٰدِقَٰتِ وَٱلصَّٰبِرِينَ وَٱلصَّٰبِرَٰتِ وَٱلۡخَٰشِعِينَ وَٱلۡخَٰشِعَٰتِ وَٱلۡمُتَصَدِّقِينَ وَٱلۡمُتَصَدِّقَٰتِ وَٱلصَّٰٓئِمِينَ وَٱلصَّٰٓئِمَٰتِ وَٱلۡحَٰفِظِينَ فُرُوجَهُمۡ وَٱلۡحَٰفِظَٰتِ وَٱلذَّٰكِرِينَ ٱللَّهَ كَثِيرٗا وَٱلذَّٰكِرَٰتِ أَعَدَّ ٱللَّهُ لَهُم مَّغۡفِرَةٗ وَأَجۡرًا عَظِيمٗا ٣٥
ހަމަކަށަވަރުން مُسْلِم ފިރިހެނުންނާއި مُسْلِم އަންހެނުން، مُؤمن ފިރިހެނުންނާއި مُؤمن އަންހެނުން، އަދި ކިޔަމަންތެރި ފިރިހެނުންނާއި ކިޔަމަންތެރި އަންހެނުން، އަދި ތެދުވެރި ފިރިހެނުންނާއި ތެދުވެރި އަންހެނުން، އަދި ކެތްތެރި ފިރިހެނުންނާއި ކެތްތެރި އަންހެނުން، އަދި ބިރުވެތި تَوَاضُع ވެރިވާ ފިރިހެނުންނާއި ބިރުވެތި تَوَاضُع ވެރިވާ އަންހެނުން، އަދި صَدَقَاة ދީ زَكَاة ދޭ ފިރިހެނުންނާއި صَدَقَاة ދީ زَكَاة ދޭ އަންހެނުން، އަދި ރޯދަހިފާ ފިރިހެނުންނާއި ރޯދަހިފާ އަންހެނުން، އަދި ތިމާމެންގެ ލަދުގުނަވަންތަކަށް ރައްކާތެރިވާ ފިރިހެނުންނާއި ރައްކާތެރިވާ އަންހެނުން، އަދި ގިނަގިނައިން ﷲ ހަނދާންކޮށް ذكر ކުރާ ފިރިހެނުންނާއި އަދި ގިނަގިނައިން ﷲ ހަނދާންކޮށް ذكر ކުރާ އަންހެނުން، މި މީސްމީހުން ދަންނައެވެ. ހަމަކަށަވަރުން ﷲ އެމީހުންނަށް ފާފަފުއްސެވުމާއި އަދި ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކޮށްދެއްވިއެވެ.