Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahzab — Ayah 37

33:37
وَإِذۡ تَقُولُ لِلَّذِيٓ أَنۡعَمَ ٱللَّهُ عَلَيۡهِ وَأَنۡعَمۡتَ عَلَيۡهِ أَمۡسِكۡ عَلَيۡكَ زَوۡجَكَ وَٱتَّقِ ٱللَّهَ وَتُخۡفِي فِي نَفۡسِكَ مَا ٱللَّهُ مُبۡدِيهِ وَتَخۡشَى ٱلنَّاسَ وَٱللَّهُ أَحَقُّ أَن تَخۡشَىٰهُۖ فَلَمَّا قَضَىٰ زَيۡدٞ مِّنۡهَا وَطَرٗا زَوَّجۡنَٰكَهَا لِكَيۡ لَا يَكُونَ عَلَى ٱلۡمُؤۡمِنِينَ حَرَجٞ فِيٓ أَزۡوَٰجِ أَدۡعِيَآئِهِمۡ إِذَا قَضَوۡاْ مِنۡهُنَّ وَطَرٗاۚ وَكَانَ أَمۡرُ ٱللَّهِ مَفۡعُولٗا ٣٧
(އޭ رسول الله އެވެ!) ﷲ އެމީހަކަށް نعمة ލެއްވި އަދި ކަލޭގެފާނުވެސް އެމީހަކަށް نعمة ލެއްވި މީހާއަށް "ކަލޭ ކަލޭގެ އަންހެނުން (ވަރިނުކޮށް) ހިފަހައްޓާށޭ" މިހެން ވިދާޅުވި ހިނދު ހަނދުމަފުޅުކުރައްވާށެވެ! (މިމީހަކީ زيد بن حارثة އެވެ. އެއީ إسلام دين އައުމުގެ ކުރިން رسول لله ﷺ ގެންގުޅުއްވާ އަޅެކެވެ. ފަހުން އެކަލޭގެފާނުންގެ ދަރިއަކަށް ހައްދަވައިގެން ގެންގުޅުވީއެވެ. ކުރީ އޮތް قواعد ން ވިއްޔާ އެގޮތަށް ދަރިއަކަށް ހެއްދެވީމާ އުފަންދަރިއެކޭ އެއްގޮތަށް ވާރުތަވެސްވާނެއެވެ. ދެން މިއާޔަތުގައި ﷲ އެމީހަކަށް نعمة ލެއްވިމީހާ އޮތީ އިސްލާމްދީންގެ هداية ﷲ އޭނާއަށް ދެއްވިވާހަކައެވެ. އަދި رسول الله ﷺ نعمة ލެއްވިކަމަށް އޮތް ބަސްފުޅުގެ މުރާދަކީ އެކަލޭގެފާނު އެ زيد މިނިވަން ކުރެއްވި ވާހަކައެވެ. ދެން މިއާޔަތުން ﷲ އެދިވޮޑިގެންފައިވަނީ އެގޮތަށް އެހެން މީހެއްގެ ދަރިއެއް ތިމާގެ ދަރިއެއްކަމުގައި ހަދައި ތިމާގެނަމަށް ނިސްބަތްކުރުމުގެ މައްސަލަ باطل ކުރެއްވުމެވެ. އެހެންވެ زيد ގެފާނު ކައިވެނި ބައްލަވައި ގެންނެވި زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ އާއި ﷲ ކާވެނިކޮށްދެއްވީއެވެ. އިސްލާލު ދީނުގައި ތިމާގެ އުފަންދަރިއަކު ކައިވެނިކުރި އަންހެނަކާ ބައްޕަ އިނުން ހުއްދައެއްނުވާނެއެވެ. زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ އާއި ﷲ ކާވެނިކޮށްދެއްވީމާ އެގޮތަށް ކުރާ ދަރިވަންތަކަން ކެންސަލްވީއެވެ. އަދި އެޔާބެހޭ ވާހަކަ އާޔަތުގެ ފަހުބައިގައިވެސް އެބައާދެއެވެ. والله أعلم) زيد ގެފާނު އެކަމަނާ ވަރިކުރެއްވުމުގެ ކުރިން ﷲ ވަނީ رسول الله ﷺ އަށް އެކަން އަންގަވައިދެއްވަފައެވެ. زيد އެކަމަނާ ވަރިކުރެއްވީމާ އެކަމަނާ ކަލޭގެފާނާ ދެވާނެކަން އަންގަވައިދެއްވިއެވެ. އެހެންވެ زيد ގެފާނު އެކަމަނާ ވަރިކުރައްވާނެ ވާހަކަ رسول الله ﷺ އަށް ދެންނެވީމާ زيد ގެފާނާ ދިމާއަށް އެކަމަނާ ވަރިނުކުރައްވައި ހިފަހައްޓަވާށޭ ވިދާޅުވިއެވެ. زيد ގެފާނު ވަރިކުރެއްވީމާ އެކަމަނާއާއި رسول الله ﷺ އާއި ކާވެނި ވާނެކަން އޮތީ وحي ذريعة އިން އެނގިވަޑައިގެންފައެވެ. އެހެންވެ محمد ގެފާނު އެކަލޭގެފާނުންގެ ދަރިއަކު އިދެވަރިކުރި މީހަކާއި އިދެފިއޭ ކިޔައި މީހުން ވާހަކަ ދައްކާނެތީ زيد ގެފާނަށް ވަރިނުކުރައްވާން އެންގެވިކަމުގައިވެއެވެ. އެހުރިހާ ކަމެއް ﷲ ފައުޅުކުރައްވައި وحي ކުރައްވަނީއެވެ. ކަލޭގެފާނުންގެ ހިތްޕުޅުގައި ފޮރުވާފައިވާކަންތައް ﷲ ފައުޅުކުރައްވާނެއެވެ. އަދި ކަލޭގެފާނު މީސްތަކުންނަށް ބިރުފުޅުގެން ވަޑައިގަންނަވަނީއެވެ. ނަމަވެސް ﷲ އަށް ބިރުވެތިވުން މާ حق ކަން ބޮޑެވެ. ދެންފަހެ زيد ގެފާނުން އެކަމަނާގެ ފަރާތްޕުޅުން ބޭނުންފުޅު ނިމުމުން ތިމަންރަސްކަލާނގެ އެކަމަނާއާއި ކަލޭގެފާނާއި ކައިވެނިކޮށްދެއްވީމެވެ. (އެއީ ކައިވެނި ރަނެއް ولى ވެރި ހެކިންނެއް ނެތި ހަމައެކަނި ﷲ ކޮށްދެއްވި ކައިވެންޏެކެވެ.) އެކަންއެގޮތަށް ތިމަންރަސްކަލާނގެ ހެއްދެވީ مؤمن ން އެބައިމީހުން އެގޮތަށް ތިބި ދަރިންގެ އަނބީންގެ ފަރާތުން އެދަރިން ބޭނުންފުއްދައި ނިމުމަށްފަހު ވަރިކުރީމާ އެއަންހެނުނާ އެފިރިހެންކުދިންގެ ބަފައެއްކަމުގައި ބަލައިގެންއުޅުނު ފިރިހެން މީހާ އިނުމާމެދު އެއްވެސް ކުށެއް އަދި ދަތިކަމެއް ނުބޭއްވުމަށްޓަކައެވެ. ފަހެ އެއީ حلال ހުއްދަކަމެކެވެ. އަދި ﷲ ގެ އެބާވަތުގެ امر ފުޅުތަކަކީ تنفيذ ވެވޭނެކަމެކެވެ.