Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahzab — Ayah 39

33:39
ٱلَّذِينَ يُبَلِّغُونَ رِسَٰلَٰتِ ٱللَّهِ وَيَخۡشَوۡنَهُۥ وَلَا يَخۡشَوۡنَ أَحَدًا إِلَّا ٱللَّهَۗ وَكَفَىٰ بِٱللَّهِ حَسِيبٗا ٣٩
ﷲ رسول ކަމާއިގެން ފޮނުއްވި މާތް رسول ބޭކަލުން ބިރުފުޅުގެންވަޑައިގަންނަވަނީ ހަމައެކަނި ﷲ އަށެވެ. އެކަލާނގެ ފިޔަވައި ހަމައެކަކަށްވެސް އެބޭކަލުން ބިރުފުޅުގެން ވަޑައިނުގަންނަވައެވެ. (އޭ رسول ﷲ އެވެ. ކަލޭގެފާނީވެސް އެފަދަ ބޭކަލެކެވެ. މީސްތަކުން ކިޔައިފާނޭ އެއްޗަކަށް ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމައެކަނި ﷲ އަށް ބިރުފުޅުގެ ވަޑައިގަންނަވާށެވެ.) އަދި ކަންތައްތައް ބަލަހައްޓަވާ ހިސާބުކުރައްވާ ފަރާތެއްކަމުގައި ﷲ ފުދިވޮޑިގެންވެއެވެ. * ދަންނައެވެ. زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ ކައިވެނި ކުރެއްވީމާ ބައެއް މީހުން ކިޔަންފެށީ محمد ގެ ފާނު އެކަލޭގެފާނުންގެ ދަރިއަކު އިން މީހަކާއި އިނދެފިއެވެ. މިކަމާގުޅިގެން މީގެ ފަހުގެ آية ބާވައިލެއްވިއެވެ. އެއާޔަތުގެ މާނައީ: