Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahzab — Ayah 45

33:45
يَٰٓأَيُّهَا ٱلنَّبِيُّ إِنَّآ أَرۡسَلۡنَٰكَ شَٰهِدٗا وَمُبَشِّرٗا وَنَذِيرٗا ٤٥
އޭ نبيއާއެވެ! (ﷺ) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު رسول ކަމައިގެން މިފޮނުއްވީ ހެކިވެވަޑައި ގަންނަވާ ބޭކަލަކުކަމުގައްޔާއި އަދި އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި އަދި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ. (އެކަލޭގެފާނު ހެކި ދެއްވާނީ އެކަލޭގެފާނުންގެ أمة ގެ ތެރެއިން އެކަލޭގެފާނު ތެދުކޮށް އެކަލޭގެފާނަށް إيمان ވި ކޮންމެ މީހަކަށެވެ. އަދި އެކަލޭގެފާނު ދޮގުކޮށް އެކަލޭގެފާނަށް ކާފަރުވި ކޮންމެ މީހެއްގެ މައްޗަށެވެ. އެބަހީ އެމީހަކާއި އިދިކޮޅަށެވެ.)