Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahzab — Ayah 57

33:57
إِنَّ ٱلَّذِينَ يُؤۡذُونَ ٱللَّهَ وَرَسُولَهُۥ لَعَنَهُمُ ٱللَّهُ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَأَعَدَّ لَهُمۡ عَذَابٗا مُّهِينٗا ٥٧
ހަމަކަށަވަރުން الله އަށާއި އެކަލާނގެ ރަސޫލާއަށް އުނދަގޫކުރާ މީހުން ދަންނައެވެ. ދުނިޔެއާއި އާޚިރަތުގައިވެސް الله އެމީހުންގެ މައްޗަށް لَعُنَة ލައްވާހުއްޓެވެ. އަދި އިހާނާތްތެރި ވެގެންވާ ޢަޒާބެއް އެމީހުންނަށް އެކަލާނގެ ތައްޔާރު ކުރެއްވިއެވެ.\n* ދަންނައެވެ. الله އަށް އުނދަގޫ ކުރުމަކީ އެކަލާނގެއަށް شَرِيك ކުރުމާއި އެކަލާނގެއަށް ދަރިން ނިސްބަތްކުރުމާއި ދެންވެސް އެބާވަތުގެ އެންމެހައި ކަންކަމެވެ.\nرَسُوْلُ الله صَلَّي الله عَلَيه وَسَلَّم އަށް އުނދަގޫ ކުރުމަކީ އެކަލޭގެފާނަށް އީމާންނުވުމާއި އެކަލޭގެފާނު އިސްތަށިފުޅު ފަޅައިލުމާއި ދަތްޕުޅު ބިންދައިލުމާއި އެކަޅޭގެފާނަކީ މޮޔައެކޭ ކިޔުމާއި ޅެންވެރިއެކޭ ކިޔުމާއި ދޮގުވެރިއެކޭ ކިޔުމާއި ސިހުރުވެރިއެކޭ ކިއުމާއި ދެންވެސް އެބާވަތުގެ އެއްޗެތި ކިއުމާއި އެބާވަތުގެ ކަންތައްތައް ކުރުމެވެ.