Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahzab — Ayah 69

33:69
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَكُونُواْ كَٱلَّذِينَ ءَاذَوۡاْ مُوسَىٰ فَبَرَّأَهُ ٱللَّهُ مِمَّا قَالُواْۚ وَكَانَ عِندَ ٱللَّهِ وَجِيهٗا ٦٩
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! مُوْسَى عَلَيه السَلام އަށް އުނދަގޫކުރި މީހުންފަދައިން ކަލޭމެން ނުވާށެވެ! ހަމަކަށަވަރުން އެމީހުން އެކަލޭގެފާނާމެދު ބުނި ވާހަކަތަކުން ﷲ تَعَالى އެކަލޭގެފާނު ބަރީއަ ކުރެއްވިއެވެ. ސަލާމަތްކުރެއްވިއެވެ. އަދި އެކަލޭގެފާނުވަނީ ﷲ ގެ ޙަޟްރަތުގައި قَدَرބޮޑު މާތްބޭކަލަކުކަމުގައެވެ.\n* ދަންނައެވެ؛ إبن عَبَّاس رَضِيَ الله عَنْهُمَا ގެ އަރިހުން ރިވާކުރައްވައި أَبُوشَيْبَة އާއި إِبْن جَرِيْر އާއި إِبْنُ المُنذِر މިބޭކަލުން ނެރުއްވި حَدِيْث ގެ މާނައިގައި ވެއެވެ. مُوْسَى عَلَيه السَلام އާއި ދިމާއަށް بني إِسْرَائيل ގެ ބަޔަކުބުންޏެވެ. އެކަލޭގެފާނީ އުރަވަޅި ބޮޑުމީހެކެވެ. ދެން مُوْسَى عَلَيه السَلام އެއްދުވަހަކު ނާނޭފުޅުފިއްލަވަން صَحْرَاء އަށް ނުކުމެވަޑައިގެން ފޭރާންކޮޅު ބާލުއްވައި ހިލައެއްގެ މަތީގައި ބޭއްވިއެވެ. ދެން ފަހެ އެހިލަ ހެދުންކޮޅު ހިފައިގެން ދާންފަށައިފިއެވެ. އޭގެފަހަތުން مُوْسَى عَلَيه السَلام ވަޑައިގަންނަވައެވެ. އެހިލަ ގޮސް بني إسرائيل ގެމީހުންގެ جماعة އެއް ތިބިހިސާބަށް ހިނގައްޖެއެވެ. އަދި އެމީހުން مُوْسَى ގެފާނު ޢުރިޔާނުން ހުންނެވިތަން ދެކެފިއެވެ. އެހިނދު އެކަލޭގެފާނު އުރަވަޅި ބޮޑުނޫންކަން އެމީހުންނަށް އެނގިއްޖެއެވެ. މިآية ގެ تفسير ގައި مفسرން މިވާހަކަ ލިޔުއްވާފައިވެއެވެ. والله أعلم. = زبة التفسير =