Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahzab — Ayah 72

33:72
إِنَّا عَرَضۡنَا ٱلۡأَمَانَةَ عَلَى ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱلۡجِبَالِ فَأَبَيۡنَ أَن يَحۡمِلۡنَهَا وَأَشۡفَقۡنَ مِنۡهَا وَحَمَلَهَا ٱلۡإِنسَٰنُۖ إِنَّهُۥ كَانَ ظَلُومٗا جَهُولٗا ٧٢
أمانة އުފުލުމަށްޓަކައި ހަމަކަށަވަރުން އުޑުތަކާއި ބިމަށާއި އަދި ފަރުބަދަތަކަށް ތިމަންރަސްކަލާނގެ ހުށައެޅުއްވީމެވެ. ފަހެ އެތަކެތި އެ أمانة އުފުލުމުން منع ވެގެންފިއެވެ. އަދި އެކަމާމެދު ބިރުވެތިވެއްޖެއެވެ. އަދި އިންސާނާ އެ أمانة އުފުލިއެވެ. ހަމަކަށަވަރުން އޭނާވީ އަނިޔާވެރިކަން ބޮޑު އަދި جاهل ކަންވެސް ބޮޑު މީހަކުކަމުގައެވެ. * ދަންނައެވެ. މިއާޔަތުގައި މިވާ އަމާނަތުގެ މާނަ مفسر ން ތަފާތުކޮށް ވިދާޅުވެއެވެ. ބައެއްބޭކަލުން ވިދާޅުވަނީ- އެއީ طاعة يعني ކިޔަމަންތެރިކަން- ކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ شريعة ގެ فرض ތައްކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ شريعة ގެ އެންމެހައި تكليف ތައް- يعني ބުރަތައް- ކަމަށެވެ. އަދި މިނޫންގޮތް ގޮތަށްވެސް ކިޔާފައިވެއެވެ. * އުޑުތަކާއި ބިން އަދި ފަރުބަދަތައް އެކަމުން منع ވެގަތްކަމުގައިވިއެވެ. އަދި އެ أمانة އުފުލި މީހަކަށް ހުރިމާތްކަމާއި މަތިވެރިކަން ﷲ بيان ކޮށްދެއްވައި އަދި އެކަމާ حوال ވެފައި އެކަން ފުރިހަމައަށް އަދާ ނުކުރި މީހަކަށް ހުރި عذاب އާއި ކޯފާއެންގެވުމުން ފުރިހަމަގޮތުގައި އެ أمانة އަދާ ނުކުރެވިދާނެތީއެވެ. އެހެންވެ އެތަކެތި އެމާބިރުވެތިވީއެވެ. މިވާހަކަތަކާއި ބެހޭ حديث ތައް تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. މިފޮތް ކުޑަކަމުން އެވާހަކަތަކުގެ ތެރެއަށް ނުވަދެވުނީއެވެ. وبالله التوفيق