Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Saba — Ayah 15

34:15
لَقَدۡ كَانَ لِسَبَإٖ فِي مَسۡكَنِهِمۡ ءَايَةٞۖ جَنَّتَانِ عَن يَمِينٖ وَشِمَالٖۖ كُلُواْ مِن رِّزۡقِ رَبِّكُمۡ وَٱشۡكُرُواْ لَهُۥۚ بَلۡدَةٞ طَيِّبَةٞ وَرَبٌّ غَفُورٞ ١٥
ހަމަކަށަވަރުން سَبَأ قَبِيلَة ގެމީހުން ދިރިއުޅުނުތާގައި ﷲގެ قُدرَة ތެރިކަމުގެމައްޗަށް دَلِيل ކުރާ ވަރަށްބޮޑު دَلِيل އެއްވެއެވެ. ހެތްކެއްވެއެވެ. (سَبَأ އަކީ يَمَن ކަރައިގެ ތަނެކެވެ. އެމީހުންއުޅުނުތަނަށް ކިޔަނީ مَأرَب އެވެ. يَمَن ގެ ރަސްރަސްކަލުން އައިސްފައިވަނީ سَبَأ قَبِيلَة އިންނެވެ.) އެތާގައި ﷲލައްވާފައިވާ دَلِيل އަކީ އެމީހުންގެ ވާދީގެދެފަރާތުގައިވާ ދެބަގީޗާއެވެ. ކަނައަތްފަރާތުން ބަގީޗާއަކާއި ވައަތްފަރާތުން ބަގީޗާއެކެވެ. (އެމީހުން ދިރިއުޅުނު ގޮވަތިގެދޮރުތައް ހުރީ އެވާދީގައެވެ. އެބަގީޗާގައި ހުރީހާ ވައްތަރެއްގެ މޭވާވެއެވެ. ދެން ތިމަންރަސްކަލާނގެ އެމީހުންނަށް އެންގެވީމެވެ.) ކަލޭމެން ކަލޭމެންގެ رَبُّ ގެ ރިޒުގުން ކައިބޮއި ހަދާށެވެ! އަދި އެކަލާނގެއަށް شُكُرُ ކުރާށެވެ! (ކަލޭމެންނަށް އެކަލާނގެ ދެއްވި ގިނަގުނަ نِعمَةَ ތަށްޓަކައި އެކަލާނގެ އަށް شُكُرُ ކޮށް އެކަލާނގެއަށް ކިޔަމަންތެރިވެ އުރެދުންތަކުން ދުރުވެގަންނާށެވެ.) ތިޔައީ ރަނގަޅު ރަށެކެވެ. ވައިފެން ރަނގަޅު މޭވާގިނަ ރަށެކެވެ. އަދި ތިޔަ نِعمَة ތައް ދެއްވި رَبُّ އަކީ އަޅުތަކުންގެ ފާފަފުއްސަވާ އޯގާވަންތަ رَبُّ އެކެވެ.