Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Saba — Ayah 3

34:3
وَقَالَ ٱلَّذِينَ كَفَرُواْ لَا تَأۡتِينَا ٱلسَّاعَةُۖ قُلۡ بَلَىٰ وَرَبِّي لَتَأۡتِيَنَّكُمۡ عَٰلِمِ ٱلۡغَيۡبِۖ لَا يَعۡزُبُ عَنۡهُ مِثۡقَالُ ذَرَّةٖ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِ وَلَآ أَصۡغَرُ مِن ذَٰلِكَ وَلَآ أَكۡبَرُ إِلَّا فِي كِتَٰبٖ مُّبِينٖ ٣
އަދި ކާފަރުވީ މީސްތަކުންބުނެވެ. އަހުރެމެންނަކަށް قِيَامَة އެއްނާންނާނެއެވެ. ދެވަނަފަހަރަށް އަހުރެމެން ދެންނުދިރޭނެއެވެ. އޭ رَسُولُ الله އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އެއްގޮތަކަށްވެސް އެހެނެއްނުވާނެއެވެ. ތިމަންކަލޭގެފާނުންގެ رَبّ ގަންދީ ވިދާޅުވަމެވެ. ހަމަކަށަވަރުން ކަލޭމެންނަށް قِيَامَة ވާނެއެވެ. މަރުވުމަށްފަހު ދެވަނަ ފަހަރަށް ދިރިގެން عَمَل ތަކަށްޖަޒާ ދެއްވޭނެއެވެ. އަދި އެކަލާނގެއީ އެންމެހައި غَيْبُ ވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. (ކަލޭމެންގެ عَمَل ތަކުގެ ތެރެއިން) އެންމެ އެއްޗެއްވެސް އެކަލާނގެއަށް ނިވައިވެ ވަންހަނާވެގެން ނުވެއެވެ. އުޑުތަކާއި ބިމުގައި އެކަލާނގެއަށް ވަންހަނާވެގެންވާ مِثْقَال އެއްގެ ވަރުވެސް ޒައްރެއްގެ ބޮޑުމިނުގެ އެއްޗެއްވެސް އަދިއެއަށްވުރެ ކުޑަޔަސް އަދި އެއަށްވުރެ ބޮޑަސް ނުވެއެވެ. އެ ކޮންމެ އެއްޗެއް بَيَان ވެގެންވާ ފޮތެއްގައި ލިޔެވި ފައިލްކުރެވިގެން މެނުވީނުވެއެވެ. އެއީ لَوحُ المَحْفُوظُ އެވެ.