Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Saba — Ayah 37

34:37
وَمَآ أَمۡوَٰلُكُمۡ وَلَآ أَوۡلَٰدُكُم بِٱلَّتِي تُقَرِّبُكُمۡ عِندَنَا زُلۡفَىٰٓ إِلَّا مَنۡ ءَامَنَ وَعَمِلَ صَٰلِحٗا فَأُوْلَٰٓئِكَ لَهُمۡ جَزَآءُ ٱلضِّعۡفِ بِمَا عَمِلُواْ وَهُمۡ فِي ٱلۡغُرُفَٰتِ ءَامِنُونَ ٣٧
ތިޔަބައިމީހުންގެ މުދަލާއި ދަރީންނަކީ ތިމަންރަސްކަލާނގެ رَحْمَة އާއި ރުހިވޮޑިގަތުމަށް ގާތްވުމަށް ކުއްތަންވެ ގާތްކަން ހޯދޭނެއެއްޗެއްކަމުގައި ނުވެއެވެ. ހަމައެކަނި ގާތްކަމާއި ކުއްތަންވުން ހޯދޭނީ އީމާންވެގެން صَالِحُ عَمَل ކުރިބަޔަކަށެވެ. ފަހެ އެމީހުންނަށް އެމީހުންކުރި ހެޔޮ عَمَل ގެ جَزَآءُ އެތައްގުނައަކަށް ގިނަވެގެން ލިބޭހުއްޓެވެ. އެމީހުން آخِرَة ދުވަހުން ވާހުށީ ސުވަރުގޭގައި އަމާންވެގެންވާ حَالُ އެތާގެ ކޮޓަރިކޮޅުތަކުގައެވެ.