Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Saba — Ayah 46

34:46
۞ قُلۡ إِنَّمَآ أَعِظُكُم بِوَٰحِدَةٍۖ أَن تَقُومُواْ لِلَّهِ مَثۡنَىٰ وَفُرَٰدَىٰ ثُمَّ تَتَفَكَّرُواْۚ مَا بِصَاحِبِكُم مِّن جِنَّةٍۚ إِنۡ هُوَ إِلَّا نَذِيرٞ لَّكُم بَيۡنَ يَدَيۡ عَذَابٖ شَدِيدٖ ٤٦
އޭ رَسُولُ ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ކަލޭމެނަށް إِنذَار ކޮށް އަދި نَصِيحَة ދީ وَعظُ ދީ މިހަދަނީ އެންމެކަމަކަށްޓަކައެވެ. އެއީ ﷲގެ ރަސްކަނަފުޅައްޓަކައި ކަލޭމެން (حَقُّ ހޯދުމަށްޓަކައި ތެދުވެރި ވިސްނުމާއި فِكرُ ބޭނުންކޮއްގެން.) ދެމީހުން ދެމީހުންނާއި އަދި އެކަނި އެކަނިންވެސް ތެދުވެ ރަނގަޅަށް ހޯދައި ބަލާށެވެ. އެއީ نَبِى އާއަށާއި އެކަލޭގެފާނު ގެންނެވި إِسلاَم دِين އަށާއި އެކަލޭގެފާނު ގެންނެވި ފޮތަށާއި މިތަކެއްޗަށް ރަނގަޅަށް ވިސްނައި فِكرُ ކޮށް ތެދުވެރި نَظَر އަކުން ބެލީމާ ކަލޭމެންގެ އެކުވެރިޔާގެ ކިބައިގައި (يَعنِي مُحَمَّدُ ގެ ފާނުންގެ ކިބައިގައި) އެއްވެސް ބާވަތެއްގެ ޖިންނިބަލީގެ މޮޔަކަމުގެ އަސަރެއް ނެތްކަން ރަނގަޅަށް ކަލޭމެންނަށް އެނގޭނެއެވެ. އެއީ ހަމައެކަނި ގަދަވެގެންވާ عَذَاب އެއްގެ (قِيَامَة ދުވަހުގެ عَذَاب ގެ خَبَر ދެއްވުމަށް) ވަޑައިގެންނެވި رَسُولُ ބޭކަލަކު ކަމުގައި ނޫނީނުވެއެވެ.