Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Saba — Ayah 9

34:9
أَفَلَمۡ يَرَوۡاْ إِلَىٰ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِۚ إِن نَّشَأۡ نَخۡسِفۡ بِهِمُ ٱلۡأَرۡضَ أَوۡ نُسۡقِطۡ عَلَيۡهِمۡ كِسَفٗا مِّنَ ٱلسَّمَآءِۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّكُلِّ عَبۡدٖ مُّنِيبٖ ٩
އެމީހުން ފަހެ އެމީހުންގެ ކުރިމަތީގައިވާ އުޑަށްނުބަލަނީ ބާވައެވެ. އަދި އެމީހުންގެ ފަހަތުގައިވާ ބިމަށްނުބަލަނީ ބާވައެވެ. (މިއިން ކޮންމެ އެއްޗަކީވެސް ބޮޑެތި عَجَائِب އެވެ. އެފަދަބޮޑެތި އެއްޗެހި ހެއްދެވި ފަރާތަކަށް މީސްތަކުން މަރުވުމައްފަހު مَحْشَرُ އަށް ފޮނުވުން ދަތިނުވާނެކަން ކޮންމެ ސަލާމަތް ބުއްދިއަކަށް އެގެންވާނެއެވެ.) ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާނަމަ އެމީހުންނާއިގެން ބިންގަނޑު ގަންބަވައިގެންފީހެވެ. ނުވަތަ އެމީހުންގެ މައްޗަށް އުޑުން އެތިގަޑުތަކެއް ވަރައިލައިފީހެވެ. ހަމަކަށަވަރުން އެކަންތައްތަކުގައި އެބަހީއުޑުތަކާއި ބިންހެއްދެވުމުގައި اއަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދަގަޑު މަޑުކޮށްދެއްވީމެވެ. (ދަގަޑުގައި އެކަލޭގެފާނުންގެފާނުން އަތްޕުޅުލެއްވީމާ އުއްގަޑެއްފަދައިން ނުވަތަ މޮޑެފައިވާ ފުއްގަޑެއްފަދައިން ދަގަޑު މަޑުވާކަމުގައިވެއެވެ.) އެކަމުގައިވެސް ﷲގެ حَضرَة އަށް تَوبَة ވެ رُجُوع ވާއަޅަކަށް عِبرَة ން ފުރިގެންވާ دَلِيل އާއި ހެކިވެއެވެ.