Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Fatir — Ayah 10

35:10
مَن كَانَ يُرِيدُ ٱلۡعِزَّةَ فَلِلَّهِ ٱلۡعِزَّةُ جَمِيعًاۚ إِلَيۡهِ يَصۡعَدُ ٱلۡكَلِمُ ٱلطَّيِّبُ وَٱلۡعَمَلُ ٱلصَّٰلِحُ يَرۡفَعُهُۥۚ وَٱلَّذِينَ يَمۡكُرُونَ ٱلسَّيِّـَٔاتِ لَهُمۡ عَذَابٞ شَدِيدٞۖ وَمَكۡرُ أُوْلَٰٓئِكَ هُوَ يَبُورُ ١٠
ފަހެ عِزَّة އާއި މަތިވެރިކަން އެދޭ މީހަކުނަމަ ﷲ އަށް ކިޔަމަންތެރިވެގެން عِزَّة ތެރިކަން ހޯދާށެވެ. އެހެނީ އެންމެހައި عِزَّة އެއް خَاصَّ ވެގެންވަނީ ﷲ އަށެވެ. މާތްވެގެންވާ ބަސްތައް އަރައިގެންދަނީ އެކަލާނގެ حَضْرة އަށެވެ. (ﷲއަށް ކުރެވޭ އެންމެހައި ذِكر އަކާއި ހެޔޮ ޢަމަލްތަކާއި ކިޔެވުމާއި ހެޔޮކަންތަކަށް أمر ކުރުމާއި ނުބައިކަންތައް نَهِي ކުރެއްވުމާއި މިބާވަތުގެ އެންމެހައި ކަމެއް އަރައިގެންދާނީ ﷲގެ حَضْرة އަށެވެ. އަދި صالح عَمَل ތައް އެ މާތްވެގެންވާ ބަސްތައް މައްޗަށް އުފުލައެވެ. އެހެނީ صالح عمل އާ ނުލައި ހެޔޮ كلمة ތައް މައްޗަށް ނުއުފުލޭނެއެވެ. - އަދި ނުބައިކަންތައްތައް ކުރަމުން އަދި އެފަދަ ކަންތައްތައް ރާވަމުންދާ މީހުން ދަންނައެވެ. އެމީހުންނަށް ހުންނަހުށީ ގަދަ عذاب އެވެ. އަދި އެމީހުންގެ އެރޭވުންތަކާއި مكر ތަކަކީ ހަމަ باطلވެ ނެތިދާ އެއްޗެކެވެ.