Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Fatir — Ayah 18

35:18
وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۚ وَإِن تَدۡعُ مُثۡقَلَةٌ إِلَىٰ حِمۡلِهَا لَا يُحۡمَلۡ مِنۡهُ شَيۡءٞ وَلَوۡ كَانَ ذَا قُرۡبَىٰٓۗ إِنَّمَا تُنذِرُ ٱلَّذِينَ يَخۡشَوۡنَ رَبَّهُم بِٱلۡغَيۡبِ وَأَقَامُواْ ٱلصَّلَوٰةَۚ وَمَن تَزَكَّىٰ فَإِنَّمَا يَتَزَكَّىٰ لِنَفۡسِهِۦۚ وَإِلَى ٱللَّهِ ٱلۡمَصِيرُ ١٨
އަދި އެއްވެސް ނަފްސެއް އަނެއްނަފްސެއްގެ ފާފަ ނުއުފުލާނެއެވެ. (އަދި ކިޔެއްހެއްޔެވެ؟ ކޮންމެ ނަފްސެއްވެސް އުފުލާނީ އެނަފްސެއްގެ ފާފައެވެ.) އަދި ފާފައިން ބަރުވެފައިވާ ނަފްސެއްގެ ފާފައިން ބައެއް އުފުލައިދިނުމަށް އެހެން ނަފްސެއްގެ ކިބައިން އެދުނަސް ކިތައްމެ ގާތްމީހަކު ކަމުގައިވިޔަސް އުފުލައި ނުދޭނެއެވެ. ކަލޭގެފާނުން ކުރައްވާ އިންޒާރުން އަދި ދެއްވާ نصيحة ން ފައިދާއެއްކުރާނޭކަން ކަށަވަރީ އެބައިމީހުންގެ ربّ އަށް غيب ގައި (ނުފެނި) ބިރުވެތިވާ މީހުންނެވެ. އަދި އެބައިމީހުންނީ ނަމާދު قائم ކުރާ މީހުންކަމުގައިވާ މީހުންނަށެވެ. އަދި ތިމާގެ ނަފްސު ފާފައިން طاهر ކޮށް صالح عمل ގިނައިން ކޮށްފިމީހާ އެނާ އެ طاهر ކުރީއޭނާގެ އަމިއްލަ ނަފްސެވެ. އޭގެ މަންފާ ހުންނާނީ އޭނާއަށެވެ. އަދި އެންމެހައި ކަމެއް އެބުރިދިޔުންވަނީ ﷲ ގެ حضرة އަށެވެ.