Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Fatir — Ayah 25

35:25
وَإِن يُكَذِّبُوكَ فَقَدۡ كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ وَبِٱلزُّبُرِ وَبِٱلۡكِتَٰبِ ٱلۡمُنِيرِ ٢٥
(އޭ رسول الله އެވެ!) މި މައްކާގެ މުޝްރިކުން ކަލޭގެފާނު ދޮގު ކުރިނަމަވެސް އެއަކީ އައުކަމެއްނޫނެވެ. އެމީހުންގެ ކުރީގެ މީހުން (އެބަހީ މައްކާގެ މީހުންގެ ކުރީގެ މީހުންވެސް) އެމީހުންގެ ގާތަށް އެވަޑައިގެންނެވި رَسُوْل ން ދޮގުކުރިއެވެ. އެމީހުންގެ ގާތަށް އެމީހުންގެ رَسُوْل ން ވަޑައިގެންނެވީ ބަޔާންވެގެންވާ ދަލީލުތަކާއިގެންނެވެ. އަދި صحف ތަކާއި ތެދުމަގަށް އަލިކޮށްދޭނޭ ފޮތްތަކާއިގެންނެވެ. (އޭގެތެރޭގައި إبراهيم ގެފާނުންނަށް ބާވައިލެއްވި صحف ތަކާއި موسى ގެފާނަށް ބާވައިލެއްވި توراة އާއި عيسى ގެފާނަށް ބާވައިލެއްވި إنجيل ވެއެވެ.)