Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Fatir — Ayah 28

35:28
وَمِنَ ٱلنَّاسِ وَٱلدَّوَآبِّ وَٱلۡأَنۡعَٰمِ مُخۡتَلِفٌ أَلۡوَٰنُهُۥ كَذَٰلِكَۗ إِنَّمَا يَخۡشَى ٱللَّهَ مِنۡ عِبَادِهِ ٱلۡعُلَمَٰٓؤُاْۗ إِنَّ ٱللَّهَ عَزِيزٌ غَفُورٌ ٢٨
އަދި މީސްތަކުންގެ ތެރޭގައްޔާއި އަދި ދިރޭތަކެއްޗާއި އަދި نعم ސޫފީގެ ތެރޭގައިވެސް ހަމައެފަދައިން ތަފާތުކުލައިގެ ތަކެތިވެއެވެ. (މިހުރީ ހައްތަހާވެސް ﷲގެ ކުޅަދުންވަނަތަކަމުގެ ދަލީލެވެ.) އަދި ހަމަކަށަވަރުން ﷲ އަށް ބިރުވެތިވާކަންކަށަވަރީ އެކަލާނގެ އަޅުތަކުން ކުރެން عالم ންނެވެ. (އެބަހީ އެކަލާނގެއީ ކޮންފަދަ މަތިވެރި ކުޅަދުންވަންތަ ފަރާތެއްކަން ދަންނަ عالم ންނެވެ. އީމާންނުވާ عالم ންނެއްނޫނެވެ. އީމާންނުވާ މީހުންނަށް شرعى ގޮތުން عالم ން ކިޔުން ހުއްދައެއްނޫނެވެ.) ހަމަކަށަވަރުން ﷲ އީ عزة ވަންތަ އަދި ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.