Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Fatir — Ayah 32

35:32
ثُمَّ أَوۡرَثۡنَا ٱلۡكِتَٰبَ ٱلَّذِينَ ٱصۡطَفَيۡنَا مِنۡ عِبَادِنَاۖ فَمِنۡهُمۡ ظَالِمٞ لِّنَفۡسِهِۦ وَمِنۡهُم مُّقۡتَصِدٞ وَمِنۡهُمۡ سَابِقُۢ بِٱلۡخَيۡرَٰتِ بِإِذۡنِ ٱللَّهِۚ ذَٰلِكَ هُوَ ٱلۡفَضۡلُ ٱلۡكَبِيرُ ٣٢
ދެން ތިމަންރަސްކަލާނގެ މިކީރިތި قُرْآن ވާރުތަކޮށްދިނީ ތިމަން ރަސްކަލާނގެ އަޅުތަކުން ކުރެ ތިމަންރަސްކަލާނގެإِخْتِيَارُ ކުރައްވައި މާތްކުރެއްވި އަޅުންނަށެވެ. ފަހެ އެމީހުންގެ ތެރޭގައި ތިމާގެ އަމިއްލަ ނަފުސަށް އަނިޔާވެރިވާމީހުންވެއެވެ. (އެއީ تَوْحِيْدُ ގެ އަހުލުވެރިންކުރެ ބޮޑުފާފައިގެ އަހުލުވެރިންކަމުގައި ވިއެވެ.) އަދި އެމީހުންގެތެރޭގައި مُقْتَصِدُ ންވެއެވެ. (އެބަހީ فَرْضُ ތައް އަދާކޮށް އަދި ބޮޑުފާފަތަކުން ދުރުވެގެންވާ މީހުންނެވެ.) އަދި އެމީހުންގެތެރޭގައި ﷲ ގެ އިޒުނަފުޅަށް ހެޔޮކަންތަކުގައި އިސްވެގަތްމީހުންވެއެވެ. މިއުއްމަތުގެމީހުން މިތިންބަޔަށް ތިބޭނޭކަމުގައި ވެއެވެ. ނަމަވެސް މިކަމުގައި إِخْتِلآفُ ވެފައިވެއެވެ. ކޮންމެއަކަސް މިކަމަކީ ﷲ ގެ حَضْرَةُ ންވާބޮޑުفَضْلُ ވަންތަވެރިކަމެކެވެ.