Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Fatir — Ayah 37

35:37
وَهُمۡ يَصۡطَرِخُونَ فِيهَا رَبَّنَآ أَخۡرِجۡنَا نَعۡمَلۡ صَٰلِحًا غَيۡرَ ٱلَّذِي كُنَّا نَعۡمَلُۚ أَوَلَمۡ نُعَمِّرۡكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَآءَكُمُ ٱلنَّذِيرُۖ فَذُوقُواْ فَمَا لِلظَّٰلِمِينَ مِن نَّصِيرٍ ٣٧
އަދި އެމީހުން އެނަރަކައިގައި ތިބެގެން ސަލާމަތަށް އެދި ހަޅޭއްލަވާ ގޮވާނެއެވެ. އެމީހުން ދަންނަވާނެއެވެ. އޭ އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެން صالح عمل ކުރުމަށްޓަކައި - يعني ކުރިން ކުރިވިޔާ ނުދާ ނުބައި عمل ފިޔަވައި صالح عمل ކުރުމަށްޓަކައި އަޅަމެން މިތަނުން ނެރެދެއްވާށެވެ! (އޭގެ ޖަވާބުގައި ﷲ އަންގަވާނެއެވެ.) ذكر ކޮށް نصيحة ލިބިގަންނާނޭ މީހަކު ذكر ކޮށް نصيحة ލިބިގަތުމަށްޓަކައި ކަލޭމެންނަށް ފަހެ ތިމަން ރަސްކަލާނގެ عمر ނުދެއްވަން ހެއްޔެވެ؟ (އެބަހީ، އެހާ ވަރަށް عمر ދެއްވީމެވެ.) ފަހެ ކަލޭމެން މިއަދު ނަރަކައިގެ عذاب ގެ ރަހަ ލިބިގަންނާށެވެ. އަދި އަނިޔާވެރިންނަށް نصر ދޭނެ އެއްވެސް މީހަކު މިއަދަކުނުވެއެވެ.