Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Fatir — Ayah 4

35:4
وَإِن يُكَذِّبُوكَ فَقَدۡ كُذِّبَتۡ رُسُلٞ مِّن قَبۡلِكَۚ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ ٤
(އޭ رسول الله އެވެ!) އެމީހުން އެބަހީ، مكة ގެ أهل ވެރިން ކަލޭގެފާނު ދޮގުކުރިނަމަވެސް އެއަކީ އައުކަމެއްނޫނެވެ. އަޖާބު ވާންވީކަމެއްނޫނެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ކުރީގައި ފޮނުއްވުނު رسول ބޭކަލުންވެސް ދޮގުކުރެވުނެވެ. އެބަހީ، އިސްވެދިޔަ أمّة ތަކުގައިތިބި ކާފަރުންގެ މީހުންވެސް އެމީހުން ގާތަށް ފޮނުއްވުނު رسول ބޭކަލުން ދޮގުކުރިއެވެ. އަދި ހުރިހާ ކަމެއް އެނބުރި رجوع ވުންވަނީ ﷲ ގެ حضرة އަށެވެ. (އަޅުތަކުންގެ عمل ތަކަށް އެކަލާނގެ ފުރިހަމަ جزاء ދެއްވާހުއްޓެވެ.)