Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Ya-Sin — Ayah 20

36:20
وَجَآءَ مِنۡ أَقۡصَا ٱلۡمَدِينَةِ رَجُلٞ يَسۡعَىٰ قَالَ يَٰقَوۡمِ ٱتَّبِعُواْ ٱلۡمُرۡسَلِينَ ٢٠
އަދި ރަށުގެ އެންމެދުރުކޮޅުން ބާރުހިގުމުގައި ހަރުގަންނަވާފައި އައިމީހަކު އަތުވެއްޖެއެވެ. އެމީހަކީ (حَبِيْبُ بنُ مُوسَى النَّجَّار ކިޔާމީހަކު ކަމުގައިވިއެވެ.) އަދި އެމީހާބުންޏެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ. ކަލޭމެން މިފޮނުއްވިގެންވާ ބޭކަލުންނާއި تَبَعَ ވާށެވެ! (އެބޭކަލުންނަކީ صَادِقُ އާއި صَدُوقُ އާއި އަދި شَلُوم އެވެ.)\n* قَتَادَةُ ކިޔާބޭކަލަކު ވިދާޅުވިއެވެ. ދަންނައެވެ. މި حَبِيْبُ بنُ مُوسَى النَّجَّار އަކީ ފަރުބަދައެއްގެ ހޮހޮޅުގައި ﷲއަށް އަޅުކަންކުރާމީހެކެވެ. އަދި އެބޭކަލުންވަޑައިގެން ދީނަށް ގޮވައިލައްވާ އަޑުއިވިގެން ހަރުގަންނަވާފައި އައީއެވެ. = زُبْدَةُ التفسِيْر =