Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah As-Saffat — Ayah 102

37:102
فَلَمَّا بَلَغَ مَعَهُ ٱلسَّعۡيَ قَالَ يَٰبُنَيَّ إِنِّيٓ أَرَىٰ فِي ٱلۡمَنَامِ أَنِّيٓ أَذۡبَحُكَ فَٱنظُرۡ مَاذَا تَرَىٰۚ قَالَ يَٰٓأَبَتِ ٱفۡعَلۡ مَا تُؤۡمَرُۖ سَتَجِدُنِيٓ إِن شَآءَ ٱللَّهُ مِنَ ٱلصَّٰبِرِينَ ١٠٢
(ދެން ފަހެ އެކަލޭގެފާނަށް އެދަރިކަލުން ލިބިވަޑައިގެން ބޮޑުފުޅުވަމުން ގޮސް) إبراهيم عليه السلام ގެ އަރިހުގައި ހިންގަވާ ކުޑަކޮށް މަސައްކަތްކުރެއްވޭވަރަށް ބޮޑުފުޅުވުމުން - އެކަލޭގެފާނު އެދަރިކަލުންނަށް - ޔަޢުނީ، إِسْمَاعِيل (عليه السلام،) އަށް ވިދާޅުވިއެވެ. (އޭރު އެދަރިކަލުންގެ އުމުރުފުޅުން ތޭރަ އަހަރު ކަމުގައި ބައެއް މުފައްސިރުން ލިޔުއްވިއެވެ.) إبراهيم عليه السلام، إِسْمَاعِيل عليه السلام، އަށް ވިދާޅުވިއެވެ. "އޭ އަހުރެންގެ ދަރިފުޅާއެވެ. ހަމަކަށަވަރުން ކަލޭ ކަތިލާތީ (އެބަހީ ذبح ކުރާތީ) އަހުރެންނަށް ހުވަފެނުން ފެނިއްޖެއެވެ. ނަބީބޭކަލުންގެ ހުވަފެނަކީ ހަމަ ޙަޤީޤަތެކެވެ. އެވެވުނު އަމުރުފުޅަކީ ހަމަ ޙަޤީޤީ ޢަމުރުފުޅެކެވެ. ދަރިފުޅަށް މިކަމާމެދު ފެންނަނީ ކިހިނަކުން ހެއްޔެވެ؟ ފެންނަ އެއްޗެއް ބުނެބަލާށެވެ." ދަރިކަލުން ދެންނެވިއެވެ." އޭ ބައްޕާއެވެ. ބައްޕައަށް އަމުރުވެވުނު ގޮތަކަށް ކަންތައް ކުރައްވާށާވެ. ﷲ އިރާދަ ކުރެއްވިއްޔާ އަހުރެންނަކީ ކެތްތެރިއެއްކަމުގައި ބައްޕަ ދެކެވަޑައިގަންނަވާނެއެވެ."