Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Sad — Ayah 44

38:44
وَخُذۡ بِيَدِكَ ضِغۡثٗا فَٱضۡرِب بِّهِۦ وَلَا تَحۡنَثۡۗ إِنَّا وَجَدۡنَٰهُ صَابِرٗاۚ نِّعۡمَ ٱلۡعَبۡدُ إِنَّهُۥٓ أَوَّابٞ ٤٤
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެނގެވީމެވެ. އަދި ކަލޭގެފާނުންގެ އަތްޕުޅުން ހިކިދަޑި ބޮޑިއެއް ނުވަތަ އިހާގޮޑިއެއް ހިއްޕަވާށެވެ. އަދި އެއިން (އަނބިކަނބަލުން ގައިކޮޅުގައި) ޖައްސަވާށެވެ. އަދި ކަލޭގެފާނުންގެ ހުވައި އުވައި ނުލައްވާށެވެ. އެޔާއި خِلآفُ ވެވަޑައި ނުގަންނަވާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެކަލޭގެފާނު ދެކެވޮޑަގަންނަވަނީ ކެތްތެރި ބޭކަލަކު ކަމުގައެވެ. އަދި أَيُّوب عَلَيْه السّلآم އަކީ نِعْمَة ލިބިވަޑައިގެންވާ މާތްބޭކަލެކެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނު ގިނަގިނައިން الله އަށް ތައުބާވެވަޑައިގެން ރުޖޫޢަވެވަޑައި ގަންނަވައެވެ. * ދަންނައެވެ. أَيُّوب عَلَيْه السّلآم ގެ އެދިގުއާލަސްކަންފުޅުގައި އެންމެހައި އެކުވެރިންނާއި ރައްޓެހިންވެސް އެކަލޭގެފާނުދެކެ ބިރުންނާއި އަދިފޫހިވެގެން އެކަލޭގެފާނު ދޫކޮށްދިޔައީއެވެ. އަރިހުގައި އުޅުއްވީ ހަމައެކަނި އަނބި ކަނބަލުންނެވެ. އެދުވަސްވަރު އެކަމަނާގެ ފަރާތްޕުޅުން ހިގާދިޔަކޮންމެވެސް ކަމެއްގައި أَيُّوب عَلَيْه السّلآم ވިދާޅުވެފައިވަނީ އެކަމަނާގެ ގައިކޮޅުގައި ސަތޭކަ އެތިފަހަރު ޖެއްސެވުމަށެވެ. އެއީ ވަޢުދުއެއްގެ ގޮތުންނެވެ. އެހެންވެ އެވަޢުދު އެކަލޭގެފާނުންގެ ފަރާތްޕުޅުން ފުއްދެވުމަށްޓަކައި الله އެކަމަނާއަށް ލުއިކޮށްދެއްވުމަށް އެކަލޭގެފާނަށް އެންގެވީ ކުދި ދަޑީގެ ސަތޭކަ އެތިކޮޅުވާ ބޮޑިއަކުން ނުވަތަ ސަތޭކަ އެތިކޮޅުވާ އިހާގޮޑިއަކުން އެއްފަހަރު ޖެއްސެވުމަށެވެ. އޭރުން އެކުރެއްވި ހުވައިގެ ކަންތައްނިމުނީއެވެ. އެއީ އެކަމަނާއަށް الله ލެއްވި ބޮޑު رَحْمَة އެކެވެ.