Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Az-Zumar — Ayah 6

39:6
خَلَقَكُم مِّن نَّفۡسٖ وَٰحِدَةٖ ثُمَّ جَعَلَ مِنۡهَا زَوۡجَهَا وَأَنزَلَ لَكُم مِّنَ ٱلۡأَنۡعَٰمِ ثَمَٰنِيَةَ أَزۡوَٰجٖۚ يَخۡلُقُكُمۡ فِي بُطُونِ أُمَّهَٰتِكُمۡ خَلۡقٗا مِّنۢ بَعۡدِ خَلۡقٖ فِي ظُلُمَٰتٖ ثَلَٰثٖۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡ لَهُ ٱلۡمُلۡكُۖ لَآ إِلَٰهَ إِلَّا هُوَۖ فَأَنَّىٰ تُصۡرَفُونَ ٦
އެންމެނަފުސަކުން އެކަލާނގެ ކަލޭމެން ހެއްދެވިއެވެ. (އެއީ އާދަމުގެފާނުންގެ ނަފުސުފުޅުންނެވެ.) ދެން އެނަފުސުގެ އަނބިކަނބަލުންވެސް (حَوَّى ގެފާނުވެސް) އެކަލާނގެ އެނަފުސުން ހެއްދެވިއެވެ. އަދި އެކަލާނގެ ކަލޭމެނަށްޓަކައި نَعَمُ ސޫފީގެތެރެއިން އަށްޖޯޑުހެއްދެވިއެވެ. (އެއީ ޖަމަލުގެ ދެއެތި ގެރީގެދެއެތި ضَأْنُ ބަކަރީގެ ދެއެތި مَعْزُ ބަކަރީގެ ދެއެތި) މީގެވާހަކަ أَنْعَامُ ސޫރަތުގައި ބަޔާންވެގެންވާނެއެވެ. އަދި ކަލޭމެންގެ މައިންގެ ބަނޑުތަކުގައި އެއްހެއްދެވުމަކަށްފަހު އަނެއްހެއްދެވުމަކުން އެކަލާނގެ ކަލޭމެން ހައްދަވައެވެ. (އެއީ ފުރަތަމަ މަނިތިއްކަކުންނެވެ. ދެންގަޑުލެއިކޮޅަކުން ދެން މަސްކޮޅަކުން ދެންކަށިކޮޅަކުން ދެން.....) ތިން އަދިރިކަމެއްގައި އެކަލާނގެ ކަލޭމެން ހައްދަވައެވެ. (އެއީ ބަނޑުގެ އަދިރިކަމާއި رَحِمُ ގެއަދިރިކަމާއި އަދި މަހުގެ އަދިރިކަމެވެ.) މިކަންތައްތައް މިގޮތަށް ހައްދަވަމުންމިގެންދަވަނީ ކަލޭމެންގެ رَبُّ ކަމުގައިވާ ﷲ އެވެ. އަދި (ދުނިޔެއާއި آخِرَةُ ގައިވެސް) އެންމެހައިތަކެތި މިލްކުވެ خَاصَّ ވެގެންވަނީ ހަމައެކަލާނގެއަށެވެ. އެކަލާނގެ މެނުވީ އެހެން އެއްވެސް (حَقُّ) އިލާހަކުނުވެއެވެ. ކަލޭމެން (އެކަލާނގެ ފިޔަވައި) އެނބުރިދަނީ ކޮންފަދައަކުން ހެއްޔެވެ؟ އެބަހީ އެކަލާނގެ ނޫންފަރާތަކަށް އަޅުކަންކުރުން ކަލޭމެންނަށް حَقُّ ވާނީ ކޮންފަދައަކުންހެއްޔެވެ؟ ކޮންދަލީލެއްގެމައްޗަށްހެއްޔެވެ؟ އެއްވެސްދަލީލެއްނެތެވެ.