Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Az-Zumar — Ayah 69

39:69
وَأَشۡرَقَتِ ٱلۡأَرۡضُ بِنُورِ رَبِّهَا وَوُضِعَ ٱلۡكِتَٰبُ وَجِاْيٓءَ بِٱلنَّبِيِّـۧنَ وَٱلشُّهَدَآءِ وَقُضِيَ بَيۡنَهُم بِٱلۡحَقِّ وَهُمۡ لَا يُظۡلَمُونَ ٦٩
އަދި ބިންގަނޑު އެބިންގަނޑުގެ ވެރި رب ގެ نور ން މުޅިން އަލިވެ އުޖާލާވެދެއެވެ. ދެން މީސްތަކުން ދުނިޔޭގައި ކުރި عمل ތަކުގެ ފަތްތައް حساب ބެއްލެވުމަށްޓަކައި ގެނަސްބެހެއްޓިދާނެއެވެ. އަދި نبي ބޭކަލުންނާއި ހެކިވެރިން ގެންނަވައި އެމީހުންގެ މެދުގައި ސީދާ حق ގޮތުގައި ނިޔާ ކަނޑައެޅިދާނެއެވެ. އަދި އެއްވެސް އަނިޔާއެއް އެދުވަހުން އެމީހުންނަށް ނުވެވޭނެއެވެ.\n* ދަންނައެވެ. އެކިއެކި أمة ތަކުގެ رسول ބޭކަލުން އެބޭކަލުންގެ أمة އަށް رسول ކަން އިއްވަވައިދެއްވި ކަމަށް ހެކި ދެއްވުމަށް ގެނެވޭ ހެކިވެރިންނަކީ محمد ﷺ ގެ أمة ގެ މީހުންނެވެ. އެވާހަކަ بقرة ސޫރަތުގައި بيان ވެގެން އެވަނީއެވެ. (وَكذَالِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِتَكُوْنُوْا شُهَدَاء عَلَى النَّاسِ وَيَكُون الرسول عليكم شهيدًا....) މާނައީ ތިމަންރަސްކަލާނގެ ކަލޭމެން خاص ވެގެންވާ عدل ވެރި أمة އެއްކަމުގައި ލެއްވީ އެފަދައިންނެވެ. އެއީ މީސްތަކުންގެ މައްޗަށް ހެކިދޭ ހެކިވެރިން ކަމުގައި ކަލޭމެންވުމަށްޓަކައެވެ. އަދި ކަލޭމެން މައްޗަށް ހެކިދެއްވާ ބޭކަލަކުކަމުގައި رسول އާ ވުމަށްޓަކައެވެ....) މިއެވެ.