Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Ghafir — Ayah 15

40:15
رَفِيعُ ٱلدَّرَجَٰتِ ذُو ٱلۡعَرۡشِ يُلۡقِي ٱلرُّوحَ مِنۡ أَمۡرِهِۦ عَلَىٰ مَن يَشَآءُ مِنۡ عِبَادِهِۦ لِيُنذِرَ يَوۡمَ ٱلتَّلَاقِ ١٥
އެކަލާނގެއީ (يعني އެކަލާނގެ ކުޅަދުންވަންތަކަމުގެ علامة ތަކާއި، ހެކިތައް ކަލޭމެންނަށް ދައްކަވާ ކަލާނގެއީ) ދަރަޖަފުޅުތައް އުފުލިގެންވާ ކަލާނގެއެވެ. ނުވަތަ އެކަލާނގެއީ ސިފަފުޅުތައް ރިވެތިވެގެންވާ ކަލާނގެއެވެ. އެކަލާނގެއީ އެކަލާނގެ އަޅުތަކުންކުރެ އެދިވޮޑިގަންނަވާ އަޅަކަށް روح ބާވައިލައްވާ ކަލާނގެއެވެ. وحي ބާވައިލައްވާ ކަލާނގެއެވެ. އެއީ އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވާ ދުވަހަށް އިންޒާރުކުރައްވައި، ބިރުގެންނެވުމަށް ޓަކައެވެ. އެއީ قيامة ދުވަހެވެ.\n• ދަންނައެވެ. وحي އަށް روح އެވެ. ކިޔުނީ ހަށިގަނޑުތައް ފުރާނައިން ދިރޭފަދައިން ކާފަރުކަމުން މަރުވެފައިވާ ހިތްތައް وحي އިން ދިރޭތީއެވެ.\n• قيامة ދުވަސް އެއީ އެއްބަޔަކު އަނެއް ބަޔަކަށް ބައްދަލުވާ ދުވަސް ކަމުގައި އެވަނީ އެދުވަހުން އުޑުތަކުގައި ވާހައި ބަޔަކާއި، ބިމުގައި ވާ މީހުން ބައްދަލުވެ، އަދި އިސްވެދިޔަ މީސްތަކުންނާއި، ފަހުން އައިހާ ބަޔަކުވެސް އެ ދުވަހުން ބައްދަލުވާތީއެވެ.