Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Ghafir — Ayah 28

40:28
وَقَالَ رَجُلٞ مُّؤۡمِنٞ مِّنۡ ءَالِ فِرۡعَوۡنَ يَكۡتُمُ إِيمَٰنَهُۥٓ أَتَقۡتُلُونَ رَجُلًا أَن يَقُولَ رَبِّيَ ٱللَّهُ وَقَدۡ جَآءَكُم بِٱلۡبَيِّنَٰتِ مِن رَّبِّكُمۡۖ وَإِن يَكُ كَٰذِبٗا فَعَلَيۡهِ كَذِبُهُۥۖ وَإِن يَكُ صَادِقٗا يُصِبۡكُم بَعۡضُ ٱلَّذِي يَعِدُكُمۡۖ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ مُسۡرِفٞ كَذَّابٞ ٢٨
(موسى عَلَيهِ السلام މަރާން فرعون ނިންމީމާ) فرعون ގެ ގާތްތިމާގެ މީހުންގެ ތެރެއިން އީމާންވެގެން، އީމާންކަން ވަންހަނާކޮށްގެން ހުރި މީހަކު ބުންޏެވެ. ['ތިމަންނާގެ ربّ އަކީ ﷲ އޭ' ބުނާތީ ކަލޭމެން އެހެން ބުނާ މީހަކު މަރާންވީ ހެއްޔެވެ؟ ހަމަކަށަވަރުން ކަލޭމެންގެ ربّ ގެ حضرة ން ކަލޭމެންގެ ގާތަށް އޭނާ އެ އައީ بيان ވެގެންވާ حجّة އާއި، دليل އާއިގެންނެވެ. އަދި އޭނާއީ ދޮގުވެރިއެއް ކަމަށް ވަންޏާ، އޭނާ އެ ބުނާ ދޮގުގެ عقوبة އެއް އޮންނާނީ ހަމަ އޭނާއަށެވެ. އަދި އޭނާއީ ތެދުވެރިއެއް ކަމުގައި ވަންޏާ ކަލޭމެންނަށް އަތުވެދާނޭ ކަމަށް އޭނާ އެ وعد ކުރާ ބައެއް عذاب ކަލޭމެންނަށް (ދުނިޔޭގައިވެސް) އަތުވެދާނެއެވެ. ހަމަކަށަވަރުން ކާފަރުކަމާއި، އަނިޔާވެރި ކަމުގައި ހައްދުފަހަނަޅާފައިވާ މީހަކަށް ﷲ ތެދުމަގު ނުދައްކަވާނެއެވެ. (ކަލޭމެން ތިޔަ ބުނަނީ އޭނާ އެއީ ދޮގުވެރި، އަދި އަނިޔާވެރިއެއް ކަމަށެވެ. އެހެންކަމަށް ވެއްޖެއްޔާ އޭނާއަކަށް އެއްވެސް ތެދުމަގެއް ނުލިބޭނެއެވެ.)